ހައިކޯޓުގެ ހުކުމްތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރަންޖެހޭނީ 60 ދުވަހުގެ ތެރޭގައި

ހައިކޯޓުން ނިންމާ މައްސަލަތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަންޖެހޭ މުއްދަތަކީ، ހުކުމް ކުރާ ދުވަހުން ފެށިގެން 60 ދުވަސް ކަމުގައި ކަނޑައަޅައިފި އެވެ. ސުޕްރީމް ކޯޓުން މިރޭ ނެރުނު އާންމު ސިޓީގައި ވަނީ ހައިކޯޓުން ނިންމާ ނިންމުންތައް ސުޕްރީމް ކޯޓަށް ހުށަހަޅަންޖެހޭނީ އެ ނިންމުން ނިންމާތާ 60 ދުވަހުގެ ތެރޭގައި ކަމަށް ސުޕްރީމް ކޯޓުގެ ގަވާއިދުގައު ބަޔާންކޮށްފައިވާ ކަމަށެވެ. އެ 60 ދުވަސް ގުނަން ފަށާނީ ހައިކޯޓުން މައްސަލަ ނިންމި ދުވަހާއި މުއްދަތު ހަމަވާ ދުވަހާއި އެދެމެދަށް އަންނަ ސަރުކާރު ބަންދު ދުވަސްތައް ނުހިމެނޭ ގޮތަށް ކަމަށް ވެސް ސުޕްރީމް ކޯޓުގެ އާންމު ސިޓީގައި ވެއެވެ. މިގޮތަށް ހަމަޖައްސާފައިވާއިރު، ދަށު ކޯޓުތަކުން ނިންމާ ނިންމުންތައް އިސްތިއުނާފުކުރަން 10 ދުވަހުގެ ތެރޭގައި ހައިކޯޓަށް ހުށަހަޅަންޖެހޭގޮތަށް ސުޕްރީމް ކޯޓުން މީގެކުރިން ވަނީ ކަނޑައަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ