އައްޑޫއަށް 2 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކޮށްފި

އައްޑޫސިޓީއަށް ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ 58 އަހަރުގެ ސަލްދިން ވަލިމޮހްމަދް ރުއްފިންއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އޭނާ ހައްޔަރުކޮށްފައިވަނީ، އައްޑޫސިޓީއަށް ވައިގެ މަގުން 2 ކިލޯގެ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ގަން އިންޓަނޭޝަނަލް އެއާޕޯޓުންކަމަށެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ، މިމަހުގެ 17 ވަނަ ދުވަހު ކަސްޓަމްސްއިން އޭނާ ހިފަހައްޓައި ފުލުހުންނާ ހަވާލުކުުރުމުން ކޯޓު އަމުރެއްގެ ދަށުންކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ