އެމްއައިބީގެ ރޯޑު ޝޯވްއެއް މިއަދު ހަވީރު ހިތަދޫގައި

މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)ގެ ހާއްސަ ރޯޑު ޝޯވއެއް މިއަދު ހަވީރު ހިތަދޫ ސްކޫލް ސަރަހައްދުގައި ބާއްވަން އެ ބޭންކުން ނިންމައިފިއެވެ.
އެމްއައިބީން ބުނީ މިއަދު ހަވީރު 4:00 އިން އިރުއޮއްސި 6 ޖަހަންދެން ކުރިއަށްގެންދާ މި ރޯޑު ޝޯވްގައި ބޭންކު އެކައުންޓު ހުޅުވައިދިނުމާއި، އިންޓަނެޓް ބޭންކިންގެ މައުލުމާތުގެ އިތުރުން ބޭންކުން ދޫކުރާ ފެސިލިޓީސް ތަކާއި ގުޅޭ މައުލޫމާތު ދިނުން އޮންނާނެކަމަށެވެ. މީގެ އިތުރުން އަމަނާ ތަކަފުލް އިންޝޫރެންސާއި ގުޅޭ މައުލޫމާތު ހިމެނެއެވެ.
2014 ވަނަ އަހަރު މާޗް 13 ވަަނަ ދުވަހު އެމްއައިބީގެ ހިދްމަތް އައްޑޫއަށް ތައާރަފްކޮށްފައިވާ އިރު މިވަގުތު އެބޭންކުން ދަނީ އޭޓިއެމް ހިދްމަތާއި، މާޗެންޓު ކާޑު މެޝިންގެ އިތުރުން ތަފާތު ކޮންސިއުމާ ފައިނޭންސް ހިދްމަތް އައްޑޫގައި ދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ