މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިހާބާއި ގުޅޭ ދުސްތޫރީ މައްސަލައެއް އިންތިޚާބުގައި ނާކާމިޔާބީއާއި ކުރިމަތިލާން ޖެހިވަޑައިގެންނެވި ރައީސް ޔާމީން އިއްޔެ ސުޕްރީމް ކޯޓަށް ހުށައެޅުއްވިއިރު އެ މައްސަލައާއި ގުޅޭ އިތުރު ތަފްސީލެއް ދީފައިނުވި ނަމަވެސް ރައީސް ޔާމީން ހުށައެޅުއްވީ އިންތިޚާބު ބާޠިލްކޮށްދިނުމަށްކަން ހާމަވެއްޖެއެވެ.
މިއަދު ހެނދުނު އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް ބާއްވާފައިވާއިރު އިލެކްޝަންސް ކޮމިޝަނަށް މައްސަލައިގެ ހުރިހާ ލިޔެކިޔުންތަކެއް ހަވާލުކޮށް ހޮނިހިރު ދުވަހުގެ ކުރިން އެ ކޮމިޝަނުން ލިޔުމަކުން މައްސަލައިގައި ޖަވާބުދާރީވުމަށް އަންގާފައިވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން 'އަވަސް' ނޫހަށް ވިދާޅުވެފައިވާކަމަށް އެ ނޫހުގައިވެއެވެ.
އިލެކްޝަންސް ކޮމިޝަނުން މަސައްކަތްކުރަމުންދަނީ މިރޭވެސް ވީހާވެސް އަވަހަށް މި މައްސަލައިގައި ޖަވާބުދާރީވުމަށްކަމަށްވެސް އީސީގެ ރައީސް ޝަރީފް 'އަވަސް' ނޫހަށް ދެއްވި އިންޓަރވިޔުގައ ވިދާޅުވެފައިވެއެވެ.
ރިޔާސީ އިންތިހާބު ބޭއްވިތާ އެއް ދުވަސް ފަހުން ރައީސް ޔާމީން ބަލިޤަބޫލުކުރައްވާ ދިވެހި ރައްޔިތުންނަށް ތަޤުރީރެއް ދެއްވި ނަމަވެސް އިންތިޚާބު ބޭއްވިތާ ހަފްތާއެއް ފަހުން ޕ.ޕީ.އެމުން ވަނީ އިންތިހާބު އޮޅުވާލާފައިވާކަމުގެ ތުހުމަތުތަކެއް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ކުރަން ފަށާފައެވެ.
ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށައެޅުއްވީ އިންތިޚާބް ބާޠިލްކޮށްދިނުމަށް އެދި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ