ޕީޕީއެމުން ހުށަހެޅި އިންތިޚާބުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި

ވެރިކަންކުރާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން، ސުޕްރީމް ކޯޓަށް ހުށަހެޅި ރިޔާސީ އިންތިޚާބާއި ގުޅޭ ދުސްތޫރީ މައްސަލަ، އެ ކޯޓުން ބަލައިގެންފިއެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ތަފްސީލެއް ޕީޕީއެމް އިން ނުދެއެވެ. ޕީޕީއެމް އިން ހަމައެކަނި ބުނީ އެއީ ދުސްތޫރީ މައްސަލައެއް ކަމަށާއި އެ މައްސަލަ، ރާއްޖޭގެ އެންމެ މަތީ ކޯޓަށް ވެއްދީ އިންތިޚާބާ ގުޅޭ ގޮތުން ރައީސް ޔާމީންގެ ސަޕޯޓަރުން ހުށަހެޅި ޝަކުވާތަކަށް ބެލުމަށް ފަހު ކަމަށެވެ.
ޕީޕީއެމުން މިއަދު ސުޕްރީމް ކޯޓަށް، ދުސްތޫރީ އެ މައްސަލަ ހުށަހަޅާފައިވަނީ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ފަރާތްޕުޅުންނެވެ.
އިންތިޚާބާ ގުޅޭ ގޮތުން ވަރަށް ގިނަ ޝަކުވާތަކެއް ޕީޕީއެމުގެ ސަޕޯޓަރުން ހުށަހަޅާފައިވާ ކަމަށާއި އިންތިޚާބާ ގުޅޭ މައްސަލަ ކޯޓަށް ވައްދަން ރައީސް ޔާމީން ނިންމެވީ އެ މައްސަލަތަކަށް ބައްލަވާފައި ކަމަށް ޕީޕީއެމް އިން ބުންޏެވެ.
-އިތުރު ތަފްސީލު އަންނަނީ-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ