ކުރީގެ މިނިސްޓަރ އުމަރު ޒާހިރުގެ އަނބިކަނބަލުން އަވަހާރަވެއްޖެ

ދިވެހި ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކޮށްދެއްވި, ނިޝާން އިއްޒުއްދީންގެ ލަޤަބު ލިބިވަޑައިގެންފައިވާ ކުރީގެ މިނިސްޓަރު، އޮނަރަބަލް އުމަރު ޒާހިރުގެ އަނބިކަނބަލުން މުއުމިނާ އިބްރާހިމް އަވަހާރަވެއްޖެ އެވެ.
މުއުމިނާ އިބްރާހިމް އަވަހާރަވެފައި ވަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހަވީރުގެ ވަގުތެއްގަ އެވެ. އެކަމަނާ އަވަހާރަވިއިރު އުމުރުފުޅަކީ 84 އަހަރެވެ.
އެކަމަނާގެ ޖަނާޒާ އޮންނާނީ މިރޭ ފަތިސް ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.
އުމަރު ޒާހިރަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ވެރިކަމުގައި ހިންގި ތަރައްޤީގެ މަޝްރޫޢުތަކުގައި އިސްކޮށް ޙަރަކާތްތެރިވެވަޑައިގެންނެވި ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ