ކުރީގެ ވަޒީރު އުމަރު ޒާހިރުގެ އަނބިކަނބަލުން އަވަހާރަވެއްޖެއެވެ.
އުމަރު ޒާހިރުގެ އަނބިކަނބަލުން މޫމިނާ އިބުރާހިމް އަވަހާރަވީ މީގެ ކުޑައިރުކޮޅެއް ކުރިން އައިޖީއެމް ހޮސްޕިޓަލްގައެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 84 އަހަރެވެ.
އެކަމަނާ އައިޖީއެމްއެޗުގައި އެޑްމިޓްކުރީ ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައެެވެ. ނަމަވެސް އެޑްމިޓް ކުރެވުނީ ކޮން އަލާސްކަންފުޅެއްގައި ކަން އަދި ވަނީ ސާފުވާ ގޮތް ނުވެފައެވެ.
އެކަމަނާ އަވަހާރަވީއިރު ދުނިޔޭގައި ދަރިކަނބަލަކާއި ދެ މާމަދަރިންނާއި މުނިމާމަ ވިދާޅުވާ ކުއްޖަކު އެބަ ހުންނެވިއެވެ.
ކުރީގެ ވަޒީރު އުމަރު ޒާހިރަކީ ދައުލަތަށް ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައި، ދިވެހި ދައުަލަތުގެ އެންމެ މަތީ ޝަރަފު، ނިޝާން އިއްޒުންދީން، އިއްޒަތުގެ ވެރިޔާގެ ލަގަބު ހޯއްދަވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނު ވަނީ ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނުގައި ރައީސް މައުމޫނުގެ ފަރާތްޕުޅުން ކޯލިޝަންއަށް ތާއީދު ހޯއްދެވުމުގެ މަސައްކަތްޕުޅުގައި ބައިވެރިވެވަޑައިގެންފައެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އުމަރު ޒާހިރުގެ އަނބިކަނބަލުން އަވަހާރަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ