ކުރީގެ ރައީސް މައުމޫންގެ ސަރުކާރުގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި އުމަރު ޒާހިރުގެ އަނބިކަނބަލުން މޫމިނާ އިބްރާހީމް މިއަދު އަވަހާރަވެއްޖެއެވެ.
އުމުރުފުޅުން 84 އަހަރުފުޅުގައި މޫމިނާ އިބްރާހީމް އަވަހާރަވެފައިވަނީ އާލާސްކަންފުޅާ އުޅުއްވާތީ މިއަދު ހެނދުނު އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުންގެންދަނިކޮށް މީގެ އިރުކޮޅެއް ކުރިންނެވެ.
މޫމިނާ އަވަހާރަވީ އިރު ދެކަނބަލުންނަށް ދެ އަންހެން ބޭފުޅުން ލިބިވަޑައިގެންފައިވެއެވެ.
އެނގިފައިވާ ގޮތުގައި މޫމިނާ ފަސްދާނުވަޑުވަން ހަމަޖެހިފައިވަނީ މިރޭ ފަތިސް ނަމާދަށް ފަހު އާސަހަރާ މިސްކިތުގައެވެ.
އުމަރު ޒާހިރަކީ ރައީސް މައުމޫންގެ އަރިހުގައި މަސައްކަތް ކުރެއްވި އެމަނިކުފާނަށް އެންމެ ވަފާތްތެރި އެއް ބޭފުޅާއެވެ. އުމަރު ޒާހިރުވަނީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް މައުމޫންގެ ފަރާތްޕުޅުން އިދިކޮޅު ކެމްޕޭންގައި ވެސް ބައިވެރިވެވަޑައިގެންފައެވެ.
ކުރީގެ މިނިސްޓަރު އުމަރު ޒާހިރުގެ އަނބިކަނބަލުން އަވަހާރަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ