ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ އާއިލާގެ ދެ މެންބަރަކު މާފުށީ ޖަލުގައި ހުންނެވިއިރު މާފުށީ ރައްޔިތުން އެ އާއިލާއާއި ބަހެއްޓި ގާތްތަކަށް ޝުކުރު އަދާކުރެއްވުމަށް އެމަނިކުފާނުގެ އާއިލާ މާފުށްޓަށް ވަޑައިގެންފިއެވެ.
ފެބްރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ކުއްލި ހާލަތުގެ ދަށުން މައުމޫންގެ އިތުރުން އެމަނިކުފާނުގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫނާއި، ދަނބިދަރިކަލުން މުހައްމަދު ނަދީމް ހައްޔަރުކުރިއެވެ. އަދި އެބޭފުޅުންނާއި ބައްދަލުުކުރެއްވުމަށް މައުމޫންގެ އާއިލާގެ މެންބަރުން މާފުށްޓަށް ވަޑައިގެންނެވުމުން އެރަށު ރައްޔިތުންގެ ފަރާތުން މައުމޫންގެ އާއިލާގެ މެންބަރުންނަށް އެކި ގޮތްގޮތުން އެހީތެރިކަން ވަނީ ލިބިފައެވެ.
މާފުށީ ރައްޔިތުންނަށް ޝުކުރު އަދާކުރެއްވުމަށް، މިއަދު މާފުށްޓަށް ވަޑައިގަންނަވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އަޅުގަނޑާއި، އަނބިކަނބަލުންނާއި ދުންޔާ، ޔުމްނާ އަދި ނަދީމް ހާއްސަ ދަތުރެއް މާފުއްޓަށް ކޮށްފިން. މި ދަތުރަކީ އެމަނިކުފާނާއި ފާރިސް މާފުށީ ޖަލުގައި ހުންނެވިއިރު މާފުށީ ރައްޔިތުން އަޅުގަނޑުގެ އަނބިކަނބަލުންނާއި އާއިލާގެ މެންބަރުން އަޅުގަނޑާއި ފާރިސް އާއި ބައްދަލުކުރުމަށް ޖަލަށް ވަޑައިގެންނެވިއިރު ދެއްކެވި އޯގާތެރިކަން ފާހަގަކޮށް އަގުވަޒަން ކުރުމުގެ ގޮތުން ކުރާ ދަތުރެއް" ކަމަށެވެ.
މާފުށްޓަށް މައުމޫން ވަޑައިގެންނެވުމުން ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެމަނިކުފާނު ވަޑައިގެންނެވިތަނަށް މަރުހަބާ ދަންނަވަން ނުކުމެފައެވެ. މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ރައީސް މައުމޫނާއި ފާރިސް ކަފާލާތުގެ ދަށުން މިނިވަން ވެފައި ވާއިރު، ރައީސް މައުމޫން އަދުލު އިންސާފަށް ހުރަސް އެޅުއްވިކަމަށް ބުނެ އުފުލި ދައުވާ ސާބިތުވެ ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ވަނީ ހައިކޯޓުން ބާތިލްކޮށްފައެވެ.
ޝުކުރު އަދާކުރެއްވުމަށް މާފުށީ ރައްޔިތުންގެ ކައިރިއަށް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ