ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން ވެސް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ޕާލަމެންޓްރީ ގުރޫޕުގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފި އެވެ.
ރައްޔިތުންގެ މަޖިލިހުގެ އިދާރާގައި ބޭއްވި އެ ބައްދަލުވުމުގައި ލަތީފާއި ސައުދު ބައިވެރިވެވަޑައިގެންނެވި ނަމަވެސް އެ ބޭފުޅުން ޖޭޕީއާ ގުޅިވަޑައިގެންނެވި ކަމެއް ސާފެއް ނުވެ އެވެ. އެކަމަކު، އެނގިފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލިހުގައި ޖޭޕީ ތަމްސީލް ކުރައްވާ މެމްބަރުންގެ އަދަދު މިހާރު ވަނީ 22 އަށް އަރައިފަ އެވެ.
ޖޭޕީން ބޭއްވި ބައްދަލުވުމެއްގައި މީޑިއާގެ ކުރިމަތީގައި އެ ޕާޓީއަށް އެންމެ ފަހުން ސޮއިކުރެއްވީ ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދެވެ. އޭރު މަޖިލިހުގައި ތިއްބަވާ ޖޭޕީގެ މެމްބަރުންގެ އަދަދަކީ 20 އެވެ.
އެހެންވެ، ޖޭޕީގެ މަޖިލިސް މެމްބަރުންގެ އަދަދު 22 އަށް އަށް އިތުރުވުމުން އަދި ޕާލަމެންޓްރީ ގުރޫޕުގެ ބައްދަލުވުމުގައި ލަތީފާއި ސައުދު ބައިވެރިވެވަޑައިގެންފައިވާތީ އެ ދެ ބޭފުޅުން ޖޭޕީއަށް ސޮއިކުރައްވާފައިވާ ކަމަށް ބެލެވެ އެވެ.
@JPSecretariat PG group meeting going on pic.twitter.com/PENfrrGb4e— MP Ahmed Mubeen (@ahmedmubean) December 3, 2018
ޖޭޕީގެ ޕީޖީގެ ބައްދަލުވުމުގައި ލަތީފާއި ސައުދު ބައިވެރިވެވަޑައިގަންނަވާ ފޮޓޯއެއް މެމްބަރު މުބީން ޓުވީޓު ކުރައްވާފައި.
މެމްބަރު ލަތީފާއި ސައުދު ވެސް ޖޭޕީގެ ބައްދަލުވުމުގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ