މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ވަފުދާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްތޫމް ބައްދަލުކުރައްވައިފިއެވެ.
އީޔޫގެ ވަފުދާ ބައްދަލުކުރެއްވުމަށްފަހު މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ މިހާރުގެ ސިޔާސީ ހާލަތާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތަކާއި އަދި ދެފުށް ފެންނަ އިންތިހާބެއް މި އަހަރު ބޭއްވުމުގެ މުހިންމު ކަމާ ބޭހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.
އީޔޫގެ ވަފުދާ މައުމޫން ބައްދަލުކުރައްވާފައިވާއިރު ދާދިފަހުން އެމަނިކުފާނު ވަނީ ޖަރުމަނު ވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖެން ރޮޑްއާ ވެސް ބައްދަލުކުރައްވާފައެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަށް އިދިކޮޅު ޕާޓީތަކުން އަންނަނީ އެއް ކެންޑިޑޭޓަކު ނެރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އެކަމާ ގުޅޭ މަޝްވަރާތަށް ވެސް މިހާރު ވަނީ ޕާޓީތަކާ އެކު ފަށާފައެވެ.
އިދިކޮޅުން ނެރޭނެ ރިޔާސީ ކެންޑިޑޭޓެއްގެ މަޝްވަރާތައް ފަށާފައިވާއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އުމަރު ނަސީރު ފިޔަވައި އެހެން ބޭފުޅަކު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަން އަދި އިއުލާން ކުރައްވާފައެއް ނުވެއެވެ. ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ރައީސް ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި ނަމަވެސް އެމަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރަން ޤާނޫނީ ވަރަށް ގިނަ ހުރަސްތަކެއް އެބަހުއްޓެވެ.
އީޔޫގެ ވަފުދާ މައުމޫން ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ