ފުލުހުންގެ ހައްޔަރުގައި މިވަގުތު ހުރި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިފުޅު. އިބްރާހިމް ސިޔާދު ގާސިމް އާއި މެދު ފުލުހުން އަދުލުވެރިކަމާ އެކު ކަންތައް ކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް، ގާސިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލޯބިވާ ދަރިފުޅު ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫ ކުޑަގޮޅީގައި އޮތް ނަމަވެސް އޭނާ އާއި މެދު ފުލުހުން އަދުލުވެރިކަމާ އިހުސާންތެރިކަމާ އެކު ހުރިހާ ކަމެއް ކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ފުލުހުން ތަހްގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ވިލާ ގުރޫޕްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ސިޔާދު ގާސިމް ހައްޔަރުކުރީ ވިލާ ހައުސް ހުންނަ އިމާރާތް ބަލައި ފާސްކުރުމަށްފަހު އިއްޔެ ހަވީރު އެވެ.
ވިލާ ހައުސް ބަލައި ފާސްކުރުމަށްފަހު އެތަނުން ފުލުހުން ބައެއް ތަކެތި ގެންދިޔަކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް ފުލުހުން ގެންދިޔަ ތަކެތީގެ ތަފްސީލެއް ނުލިބެއެވެ.
ސިޔާދު ހައްޔަރުކޮށްފައިވާ ކަން ފުލުހުން ކަށަވަރު ކޮށްދިން ނަމަވެސް އޭނާ އާއި ގުޅޭ ގޮތުން ތަޙްޤީޤު ކުރަމުންދާ މައްސަލަ އާއި ގުޅޭ ތަފްސީލެއް ނުދެއްވައެވެ.
އިބްރާހިމް ސިޔާދު ހައްޔަރު ކޮށްފައި ވާއިރު ގާސިމްގެ މައްޗަށް ޖަލު ޙުކުމެއް ސާބިތުވުމުން ބޭސްފަރުވާ އަކަށް ސިންގަޕޫރަށް ވަޑައިގެންނެވުމަށް ފަހު ގާސިމް މިހާރު ހުންނެވީ ޖަރުމަންވިލާތުގައެވެ.
ދަރިފުޅާ މެދު ފުލުހުން އަދުލުވެރިކަމާ އެކު ކަންތައް ކުރައްވާނެ - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ