މައިލޯ އިންޓަރ ސްކޫލް ވޮލީބޯޅަ މުބާރާތް އިއްޔެ ފަށައިފި

މައިލޯ އިންޓަރ ސްކޫލް ވޮލީބޯޅަ މުބާރާތް އިއްޔެ ފަށައިފިއެވެ.
މިއަހަރުގެ މުބާރާތުގެ ކުޅުން އިއްޔެ ފެށިއިރު، މިއަހަރު ކުރިއަށްދަނީ 14 އަހަރުން ދަށާއި 16 އަހަރުން ދަށާއި 19 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން އުމުރުފުރާގެ ކުޅުމެވެ.
14 އަހަރުން ދަށުގެ އަންހެން ބައިގައި 5 ސްކޫލަކުން ވާދަކުރާއިރު، މި އުފުރާގެ ފިރިހެން ބައިގައި 6 ސްކޫލެއް ވާދަކުރޭ، މި ބައި ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.
16 އަހަރުން ދަށުގެ އަންހެން ބައިގައި 7 ސްކޫލެއް ވާދަކުރާއިރު، މި ބައިވެސް ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އަދި 16 އަހަރުން ދަށުގެ ފިރިހެން ބައިވެސް ދެ ގްރޫޕަކަށް ބަހާލައިން ކުރިއަށްދާއިރު، މި ބައިގައި ޖުމްލަ 10 ސްކޫލެއް ވާދަކުރެއެވެ.
މީގެ އިތުރުން 19 އަހަރުން ދަށުގެ އަންހެން ބައިގައި ތިން ސްކޫލެއް ވާދަކުރާއިރު، މި އުމުރުފުރާގެ ފިރިހެން ބައިގައި 4 ސްކޫލެއް ވާދަކުރެއެވެ.
މިއަހަރުގެ މުބާރާތުގެ ކުޅުންވެސް ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށްދާއިރު، މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް މުބާރާތުގެ ކުޅުން ކުރިއަށްދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ