މުނިސިޕަލް ހިދުމަތްތައް ހޯދާ ފަރާތްތަކަށް ބަސްބުނުމުގެ ފުރުސަތު އޮންނަންޖެހ
ލާމަރުކަޒީ ކުރުމުގެ މަފްހޫމާ ޚިލާފްވާ ފަދަ ކަންތައް ލާމަރުކަޒީ ގާނޫނުގައި ހުރި އިރު އެކަންތައް ރަގަޅު ނުކޮށް ލާމަރުކަޒީ އިންތިޚާބު ބޭއްވިގެން ދިޔުމަކީ ލާމަރްކަޒީ ނިޒާމްގެ ފުރިހަމަކަން ވަރަށް ބޮޑަށް ގެއްލޭ ކަމެއް ކަމަށް ޓްރާސްޕޭރަންސީ މޯލްޑިވްސް ގެ އެޑްވޮކަސީ އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރ އައިމަން ރަޝީދު ވިދާޅުވެއްޖެއެވެ.
އައިމަން ވިދާޅުވީ އެ މުޖްތަމައެއްގައި ދިރިއުޅޭ އަދި މުނިސިޕަލް ހިދުމަތްތައް އެ މުޖްތަމަޢަކުން ހޯދާ ފަރާތްތަކުން ބަސް ބުނުމުގެ ފުރުސަތު އޮންނަން އެބަޖެހޭ ކަމަށާއި މިހާރު އޮތް ގޮތުން މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުން ރަށު ކައުންސިލްތަކަށް ވޯޓްލާއިރު އެމީހުންގެ ވިސްނުން ތަފާތުވާނެ ކަމަށާއި، ރަށްރަށަށް ބޭނުންވާ ތަރައްގީގެ ތަސައްވަރު މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ މީހުންގެ ކުޑަވާނެ ކަމަށެވެ.
ތަރައްގީގެ ކަންކަމުގައި އަމިއްލަޔަށް ގޮތް ނިންމައިގެން ޕްލޭން ކޮށްގެން ތަންފީޒްކުރުމުގެ ފުރުސަތު ކައުންސިލްތަކަށް ލިބިއްޖެނަމަ ކުރިއެރުން އަންނާނެ ކަމަށާއި މި ބަދަލު އަންނަން ޖެހޭ ކަމަށްވެސް އައިމަން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ