ސިއްޙީ ދާއިރާގެ އަމާޒަކީ 2020 ގެ ކުރިން ރާއްޖެއިން ޓީބީ ނައްތާލުން - ނާޒިމް

ދުނިޔޭގެ ސިއްޚަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން 2030 ގެ ކުރިން ސައުތް އީސްޓް އޭޝިޔާގެ ޤައުމުތަކުން ޓީ.ބީ ނައްތާލުމަށް އަމާޒު ކުރި ނަމަވެސް ދިވެހި ސަރުކާރުގެ އަމާޒަކީ 2020 ގެ ކުރިން ރާއްޖެއިން ޓީ.ބީ ނައްތާލުން ކަމަށް ސިއްޚަތާއި ބެހޭ ވަޒީރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ސިއްޚީ ދާއިރާއިން ރާއްޖެއަށް ލިބިފައިވާ ކާމިޔާބީތައް ފާހަގަ ކުރައްވާ ޕެރަޑައިޒް އައިލެންޑް ރިސޯޓްގައި ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަވަމުންނެވެ.މި ސަރުކާރުގެ އެއްމެ ބޮޑު އަމާޒަކީ ގައިންގަޔަށް ނާރާބަލިތައް ރާއްޖެއިން މަދުކުރުން ކަމަށް ވާއިރު، ގައިންގަޔަށް އެރި ނަމަވެސް އެފަދަ ބަލި ތަކުގެ ތެރޭގައި ހިމެނޭ ޓީ.ބީ ބަލި 2020 ގެ ކުރިން ރާއްޖެއިން ނައްތާލުމަށް ވަނީ އަމާޒު ހިފާފައެވެ. އެކަން ފާހަގަކުރައްވާ ވާހަކަފުޅު ދައްކަވަމުން ސިއްޚަތާއި ބެހޭ ވަޒީރު އަބްދުﷲ ނާޒިމް ވިދާޅުވީ ސިއްޙީދާއިރާއިން ރާއްޖެއަށް ލިބެމުންދާ ކާމިޔާބީގެ ފަހަތުގައި ތިބީ ދިވެހި ރައްޔިތުން ކަމަށާއި، ކުރިއެކޭ އެއްފަދައިން ކުރިއަށް އޮތް ތަނުގައިވެސް ސިއްޚީ ދާއިރާގައި ހުރިކަންކަން ހައްލުކުރުމުގައި ދިވެހި ހުރިހާ ރައްޔިތުންގެ އެހީތެރިކަމާ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.
ދުންފަތުގެ ވިޔަފާރި ނުކުރާ ފަރާތްތަކަށް ދެވޭ ހަނދާނީ ފިލާ އާއި ސެޓްފިކެޓް ހަވާލުކުރުން: ފޮޓޯ ޗެނަލް ތާރޓީން
މިނިސްޓަރ ވިދާޅުވީ، ސިއްޙީ ކަންކަމުގަ ހުރި ގޮންޖެހުންތައް ބަލާ، އެކަމަށް އެކަށޭނެ ފިޔަވަޅުތައް އިޖުތިމާއީ ގޮތުންނާއި ފަރުދީ ފެންވަރުގައިވެސް އެ ވުޒާރާއިން ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އެގޮތުން ކުރި މަސައްކަތުގެ ތެރެއިން މެލޭރިއާ އަދި ހިމަބިހި ފަދަ ބަލިތައް ރާއްޖެއިން ނައްތާލެވިފައިވާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.ސިއްޚީގޮތުން ޢާންމު ރައްޔިތުންނަށް ކުރިމަތިވާ ގޮންޖެހުންތަކުން ސަލާމަތް ވުމަށްޓަކާ، ސަރުކާރުން ގިނަގުނަ ކަންތައްތަކެއް މިހާރުވެސް ކުރަމުންގެންދާކަން ފާހަގަ ކުރައްވާ ނާޒިމް ވިދާޅުވީ ދިވެހި ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމާ، މަގުމަތީގައި ހިނގާ އެކްސިޑެންޓްތައް މަދުކުރުމަށް މަގުމަތީގެ ޤަވާއިދު ތަކަށް ކުރިއަށް ވުރެން ބޮޑަށް އިސްކަންދިނުމާއި ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެއްޓާ ރަށްޓެހި ގޮތަކަށް ކުނިމެނޭޖް ކުރުމުގެ މަސައްކަތް ކުރުން ހިމެނޭ ކަމަށެވެ. އަދި ރައީސް ޔާމިން ސިއްޚީ ކަންކަމުގައި އަމިއްލަ ފުޅަށް ބައިވެރިވެ ވަޑައިގެން، އަބަދުވެސް ސިއްޚީ ދާއިރާގެ ކަންކަން ވަރަށް ގާތުން ބައްލަވަމުންދާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.ޕެރަޑައިޒް ރިޒޯޓްގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައި ދުންފަތުގެ ވިޔަފާރި ނުކުރާ ފަރާތްތަކަށް ދެވޭ ހަނދާނީ ފިލާ އާއި ސެޓްފިކެޓް ހަވާލުކުރުމާއި، ހިމަބިއްސާއި ބެހޭ ބްރޯޝާރއެއް ނެރުމާއި، ހިމަބިހި ނައްތާލުމާ ގުޅޭގޮތުން ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ދެއްވާ ފިލާ ހަވާލުކުރުމާއި، ދުޅަހެޔޮ ދިރިއުޅުން ކުރިއެރުވުމާ ބެހޭ ކެމްޕއިންއެއް ލޯންޗް ކުރުމާއި އަދި މިއަހަރުގެ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާދުވަހުގެ މުނާސަބަތުގައި ޑަބްލިއުއެޗްއޯގެ ރީޖަނަލް ޑިރެކްޓަރ ދެއްވާ އިނާމު ހަވާލުކުރުން ވަނީ ބާއްވާފައެވެ.
އައިމިނަތު ރަމްލާ
މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
×
އެންމެ ފަހުގެ
އެންމެ މަގްބޫލު
ދިވެހި ދައުލަތުން ކުޑައިރު ކޮޅެއްގެ ތެރޭގައި ދިވެހި ރައްޔިތުންނާއި ބައްދަލު ކުރައްވާނެ
1 ގަޑި ކުރިން
ޖަނަވަރީ ޓްރާންސްފަގައި 430 މިލިއަން ޕައުންޑް!
4 ގަޑި ކުރިން
ޤައުމީ ޔުނިވަސިޓީގެ ނާސިން ސްކޫލް އިފްތިތާހް ކޮށްފި
6 ގަޑި ކުރިން
'އޯ' ލެވެލް ނަތީޖާގެ ކާމިޔާބީ ފާހަގަ ކުރުމަށް ޚާއްސަ ޙަރަކާތްތަކެއް ބާއްވައިފި
6 ގަޑި ކުރިން
ބީއެމްއެލްގެ އަހަރެންގެ ބޭންކް ކެމްޕޭން ރަސްމީކޮށް ފަށައިފި
8 ގަޑި ކުރިން
އިންތިޚާބުގައި ބަލިވާނެކަން އެނގޭތީ ވެރިކަން ވައްޓާލަން އުޅުން
8 ގަޑި ކުރިން
އިންތިޚާބުގައި ބަލިވާނެކަން އެނގޭތީ ވެރިކަން ވައްޓާލަން އުޅުން
8 ގަޑި ކުރިން
ސިނާންއާއި އިލްހާމް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފި
15 ގަޑި ކުރިން
'އޯ' ލެވެލް ނަތީޖާގެ ކާމިޔާބީ ފާހަގަ ކުރުމަށް ޚާއްސަ ޙަރަކާތްތަކެއް ބާއްވައިފި
6 ގަޑި ކުރިން
ދިވެހި ދައުލަތުން ކުޑައިރު ކޮޅެއްގެ ތެރޭގައި ދިވެހި ރައްޔިތުންނާއި ބައްދަލު ކުރައްވާނެ
1 ގަޑި ކުރިން
މަތީ ސާނަވީ އިމްތިހާނުގެ ނަތީޖާ އިދިކޮޅު އެމްޑީޕީއަށް ހަޖަމެއް ނުވި!
13 ގަޑި ކުރިން
އީޔޫއިން ފަލަސްތީނުގެ ދައުލަތް ޤާއިމް ކުރުމަށް އެހީތެރިވަނީ
15 ގަޑި ކުރިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ