ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި އިތުރު މަޖިލިސް މެންބަރުންތަކެއްގެ ގޮނޑި ހުސްވެއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ޕީޕީއެމުން ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމައިފި އެވެ.
ނަސަންދުރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ކައުންސިލްގެ މެމްބަރު އަދި ގާނޫނީ ވަކީލް މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) ވިދާޅުވީ ޝާހިދުގެ އިތުރުންވެސް އެމްޑީޕީއާއި ޑީއާރުޕީއަށް ނިސްބަތްވާ މެމްބަރުން ތަކެއްގެ ގޮޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައިދިނުމަށް ހުށަހަޅަން ތައްޔާރުވަމުންދާ ކަމަށެވެ.
ނަމަވެސް އެއީ ކިތައް މެމްބަރުންނެއް ކަމެއް އަދި މައްސަލަ ހުށަހަޅާނެ ވަކި ތާރީހެއްވެސް ވައްޑެ ވިދާޅެއް ނުވެ އެވެ.
އެހެންނަމަވެސް އޭނާ ވިދާޅުވީ އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ބޭއްވުން ފަސްކުރުމަށް ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރާ ދެކޮޅަށް ވާހަކަދެއްކެވުމާއި ގުޅިގެން ކަމަށެވެ.
އަދި ސުޕްރީމް ކޯޓާއި ފަނޑިޔާރުންގެ އަބުރާއި އިއްޒަތް ގެއްލޭ ގޮތަށް މަޖިލީހުގެ ބައެއް މެމްބަރުން ވާހަކަ ދެއްކެވުމަކީ ވެސް ސުޕްރީމް ކޯޓަށް ދާންޖެހޭ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ސަބަބެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު އަޅުގަނޑުމެން މިވަނީ އެކަމަށް ވާންޖެހޭ ތައްޔާރީތައް ވާން ފަށާފައި. ﷲ ގެ އިރާދަފުޅުން އަޅުގަނޑުމެން އެމައްސަލަ މާލަސްތަކެއްނުވެ ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓަށް ހުށަހަޅާނަން،" ވައްޑެ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ފަސް މެންބަރެއްގެ ތަފާތު މައްސަލަތަކެއް ފުލުހުން ވެސް ބަލަމުންދާކަން ފާހަގަކޮށްލެވެ އެވެ. ފުލުހުން ބުނީ ކޯޓުގެ ހުރުމަތް ކެނޑޭގޮތަށް ވާހަކަދައްކައި ޤާޒީންނަށް ބިރުދައްކައި ޤާޒީންގެ އާއިލާތަކަށް ބިރުދެއްކުމަށް ގޮވާލި މައްސަލަތަކެއް މައްސަލަތަކެއް ފުލުހުން ބަލަމުން އަންނަ ކަމަށެވެ.
އެގޮތުން ފުލުހުން ބަލަން ފަށާފައިވަނީ ރައްޔިތުންގެ މަޖިލިސްގެ ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީ އާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދުގެ އިތުރުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ކޯޓުތަކުގެ ހުރުމަތް ކެނޑޭގޮތަށް ވާހަކަދައްކައި ކޯޓުގެ ތަކުގެ ޤާޒީންނަށާއި ޤާޒީންގެ އާއިލަތަކަށް ބިރުދެއްކުމަށް ގޮވާލި މައްސަލައެއް ކަމަށް ފުލުހުން ބުނެ އެވެ.
ޝާހިދާއި ފުއާދާއި އިތުރު މަޖިލިސް މެންބަރުން ވަކިކުރުމަށް ޕީޕީއެމުން ސުޕްރީމް ކޯޓަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ