މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ)ގެ ފަރާތުން ލަންޑަނުގައި ބޭއްވި ބައްދަލުވުމެއްގައި ކުރީގެ ކަމިޝްނާ އޮފް ޕޮލިސް އަދި ޖުމްހުރީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރު އަބްދުﷲ ރިޔާޒް ބައިވެރިވެވަޑައިގެންފިއެވެ.
ރިޔާޒް ލަންޑަންގައި ހުންނަވައި "އައްޑޫލައިވް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ގައުމުގައި މިހާރު ހިނގަމުންދާ ކަންކަމާއި ގުޅޭ ގޮތުން އިދިކޮޅު އިއްތިހާދުގެ ވެރިންނާއި އެކު ބައްދަލު ކުރައްވާފައިވާ ކަމަށެވެ.
މި ބައްދަލުވުމުގައި، އެމްޔޫއޯގެ ލީޑަރ ކުރީގެ ނައިބް ރައީސް ޑރ. ޖަމީލް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ޖުމްހުރި ޕާޓީގެ ޑެޕިއުޓީ ލީޑަރ އަމީން އިބްރާހިމްގެ އިތުރުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގެންނެވިއެވެ.
އިއްތިހާދުގައި ރަސްމީކޮށް ބައިވެރި ނުވާކަމަށް ޖުމްހުރީ ޕާޓީން ބުނި ނަމަވެސް އެޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރުން ގެންދަވަނީ ފާޅުގައި އިއްތިހާދާއި އެކު މަސައްކަތް ކުރައްވަމުންނެވެ.
ލަންޑަންގައި އިދިކޮޅު ލީޑަރުން ތިއްބެވި އިރު މިމަހުގެ 30 ވަނަ ދުވަހު އަލްޖަޒީރާއިން ސަރުކާރުގެ ކަރަޕްޝަނާއި ގުޅޭ ރިޕޯޓެއް ފޮނުވާނެ ކަމަށް ވަނީ އިއްލާންކޮށްފައެވެ.
އަބްދުﷲ ރިޔާޒް ވެސް ލަންޑަނަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ