މާލޭގެ ބައެއް ގެތަކަށް އަދިވެސް ކަރަންޓް ނުލިބޭ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
މާލެއިން ކަރަންޓް ކެނޑުނީ މިއަދު މެންދުރު 14:45 ގައެވެ.
ސްޓެލްކޯއިން ބުނީ، ހުރިހާ ލޭންތަކަކަށް ވެސް ކަރަންޓް ދޫކޮށްފައިވާ ކަމަށާއި، ނަމަވެސް ބައެއް ގެތަކަށް ކަރަންޓް ނުލިބޭކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށެވެ. އެމައްސަލަތައް ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ސްޓެލްކޯ އިން ބުނެއެވެ.
މިއަދު މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑުނީ ޖަނަރޭޓަރަކަށް ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.
މިއަދު މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑުމުން މޯބައިލް އިންޓަނެޓް ބޭނުން ކުރުމުގައި ދަތިތައް ކުރިމަތިވެ އަދިވެސް ބައެއް އެހެން ޚިދުމަތްތަކަށް ބުރޫ އަރާފައިވެއެވެ.
މާލޭގެ ބައެއް ގެތަކަށް އަދިވެސް ކަރަންޓް ނުލިބޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ