ޕޮޒިިޓިވްވާ މީހުންނާއި މަރުވާ މީހުން ގިނަވަމުން ދާއިރު ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ޖެހޭ: ރައީސް މައުމޫން

ކޮވިޑް 19 އަށް ޕޮޒިޓިވް ވާ މީހުން އަދި މިބަލީގައި މަރުވާ މީހުން ގިނަވާން ފަށާފައިވުމުން މުޖުތަމައުގައި މި ބަލި ކޮންޓްރޯލް ކުރަން ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ކުރީގެ ރައީސް އަދި އެމްއާރުއެމްގެ އިންތިގާލީ ރައީސް މައުމޫނު އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫނު ކުރެއްވި ޓުވީޓެއްގައި ވަނީ ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން އަލުން ވަރުގަދަ ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކަށް ގޮވާލައްވައިފައެވެ.
އެގޮތުން މުޖުތަމައިގައި ބަލި ފެތުރުނަ ނުދިނުމަށް ކުރިން އެޅި ފިޔަވަޅުތައް ފަދައިން ވަރުގަދަ ފިޔަވަޅުތައް އަޅައި، އެ ފިޔަވަޅުތަކަށް އަމަލު ކުރަމުން ގެންދޭތޯ ބަލަން ޖެހޭ ކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ. އަދި މިއީ މިބަލި މުޖުތަމައުގައި އިތުރަށް ފެތުރުނަ ނުދިނުމަށް އެޅޭނެ މުހިއްމު ފިޔަވަޅެއް ކަމަށްވެސް ރައީސް މައުމޫނު ވިދާޅުވިއެވެ.
ކޮވިޑް 19 އާއި ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކަށް މިދިޔަ މަހުން ފެށިގެން ސަރުކާރުން ވަނީ ލުއިތަކެއް ދޭން ފަށައިފައެވެ. އެ ގޮތުން މިމަހު އަލުން ސްކޫލުތައް ފަށައި، ސަރުކާރު އޮފީސްތައްވެސް ވަނީ ނިއު ނޯމަލްގައި ހުޅުވާލައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ