އިއްޔެ އެކަނިވެސް 31 ކުޑަ ކުއްޖަކު ކޮވިޑަށް ޕޮޒިޓި ވި ކަމަށާއި އޭގެ ތެރޭ އެއް އަހަރު ނުވާ ތިން ކުދިން ހިމެނޭ ކަމަށް އެޗްޕީއޭގެ ޑޭޝްބޯޑުން ދައްކައިފިއެވެ.
އެގޮތުން އާދިއްތަ ދުވަހު ހަވީރު 6:00 އިން އިއްޔެގެ ހަވީރު 6:00 އަށް ޕޮޒިޓިވް ވެފައިވާ 106 މީހުންގެ ތެރޭގައި ހިމެނޭ 31 ކުޑަކުދިންގެ ތެރޭ ދެ މަހުގެ ކުއްޖަކާއި، ތިން މަހުގެ ކުއްޖަކު އަދި 10 މަހުގެ ކުއްޖަކު ހިމެނެ ކަމަށް ޑޭޝްބޯޑުގައި ވެއެވެ. މިކަން އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޑޮކްޓަރު، ޑރ. އަހުމަދު ފައިސަލް ކުރެއްވި ޓުވީޓެއްގައިވެސް ވިދާޅުވެފައި ވެއެވެ.
ޑޭޝްބޯޑުގައިވާ މައުލޫމާތުތަކަށް ބަލާއިރު ޕޮޒިޓިވް ވި 31 ކުޑަކުދިންގެ ހާލު ވެސް ރަނގަޅެވެ. އަދި ޕޮޒިޓިވްވެފައިވަނީ މުޅިންވެސް ދިވެހި ކުދިންނެވެ. މީގެ އިތުރުން މި ހުރިހާ ކޭސް ތަކަކީވެސް އެކި ކްލަސްޓާތަކާ ގުޅިފައިވާ ކޭސްތައް ކަމަށް އެޗްޕީއޭގެ ޑޭޝްބޯޑުން ދައްކައެވެ.
މި މުއްދަތުގައި ޕޮޒިޓިވް ވި ކުޑަކުދިންގެ ތެރޭ ހިމެނެނީ 12 އަންހެން ކުދިންނާއި 19 ފިރިހެން ކުދިންނެވެ.
މިހާތަނަށް ރާއްޖެއިން ޖުމުލަ 5785 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ. އޭގެ ތެރެއިން 2414 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، ބައްޔަށް ފަރުވާ ހޯދަމުން އަންނަނީ 3349 މީހެކެވެ. މި ބަލީގައި ރާއްޖެއިން 23 މީހަކު މަރުވެފައި ވެއެވެ.
އިއްޔެ އެކަނިވެސް 31 ކުޑަ ކުއްޖަކު ކޮވިޑަށް ޕޮޒިޓިވް، އެއް އަހަރު ނުވާ ތިން ކުދިން ހިމެނޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ