މޫސުން ގޯސްވެދާނެ ކަމަށް ލަފާކޮށް އުތުރުގެ އަތޮޅުތަކަށް ހުދު ސަމާލުނެރެފި

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އުތުރު އަތޮޅުތަކަށް ހުދު ސަމާލުނެރެފި އެވެ.
މިގޮތުން މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ތިލަދުންމަތިން ފެށިގެން ރ. އަތޮޅާއި ދެމެދުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފައެވެ.
ހުދު ސަމާލުގެ ނެރެފައިވަނީ މިރޭ 01:00 އިން ފެށިގެން ހެނދުނު 06:00 އާއި ހަމައަށެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ އެ އަތޮޅުތަކަށް މޫސުން ގޯސްވެ، ބޯކޮށް ވާރެވޭހި ގުގުރާނެކަމަށް ލަފާކޮށްފައެވެ.
މެޓް އޮފީހުން ބުނެފައިވަނީ އުތުރުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި އަދި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށެވެ. އަދި ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެކަމަށް ލަފާކޮށްފައި ވާއިރު އެހެން ހިސާބުތަކުގެ ކަނޑުތައް ގަދަ ވާނެކަމަށް އެއިދާރާއިން ވަނީ ލަފާކޮށްފައެވެ.
ދިޔަވަރު ބޮޑުވާގަޑިތަކުގައި ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާކަމަށް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ހުރިހައި ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އެއިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ