ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކްރިމިނަލް ކޯޓުގައި ކުރީން ހުންނެވި ގާޒީ އަލީ ރަޝީދު އައްޔަން ކުރެއްވުމުން ކުރީގެ އިސް ގާޒީ އަހްމަދު ހައިލަމް ސުވާލު އުފައްދަވައިފި އެވެ.އަލީ ރަޝީދަކީ، އިސްގާޒީ ކަމުގެ މަސްއޫލިޔަތުތަކާއެކު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގައި ހުކުމް އިއްވެވި ގާޒީ އެވެ. އެ މައްސަލައިގެ ޝަރީއަތް ކުރެއްވީ ހައިލަމެވެ. ނަމަވެސް ހައިލަމް އެ މަގާމުން ވަކި ކުރުމަށް ފަހު އިސް ގާޒީ ކަމަށް އަލީ ރަޝީދު ވަނީ ކަނޑައަޅާފަ އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އިއްޔެ އަލީ ރަޝީދު އައްޔަން ކުރެއްވުމުން ހައިލަމް ކުރެއްވި ޓްވީޓެއްގައި ސުވާލު ކުރެއްވީ ސުޕްރީމް ކޯޓަށް އައްޔަން ކުރަން ކުރީގެ ރައީސެއްގެ ޝަރީއަތް ކުރެއްވި ފަނޑިޔާރު ނޫން ބޭފުޅަކު ނެތީތޯ އެވެ އަދި ހައި ކޯޓުގައި ތިއްބެވި ތަޖުރިބާ ލިބިފައިވާ ފަނޑިޔާރުން އެއްވެސް ބަޔަކަށް ނުވަނީތޯ ވެސް އޭނާ ވަނީ ސުވާލު ކުރައްވާފަ އެވެ. މީގެ އިތުރުން އޭނާ ވަނީ ހަދިޔާއަކަށް ފަނޑިޔާރުންނަށް ޕްރޮމޯޝަން ދިނުން ގޯސްކޮށް ވާހަކަ ދެއްކެވި ބޭފުޅުން ކޮބައިތޯ؟ ވެސް ސުވާލު ކުރައްވާފަ އެވެ.ކުރިމިނަލް ކޯޓުގެ އިސް ޤާޟީގެ މަޤާމުގައި ހުންނެވި ޢަލީ ރަޝީދު ސުޕްރީމް ކޯޓަށް ޢައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޖޭއެސްސީގެ ލަފައަށް އެދިވަޑައިގަތުމާއެކު މިއީ ރައީސް ޔާމީނުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވި ޙުކުމުގެ ބަދަލުގައި އަރުވާ ހަދިޔާއެއް ކަމުގައި އިދިކޮޅު ފަރާތްތަކުން ވެސް ވަނީ ތުހުމަތު ކޮށްފަ އެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ސުޕްރީމް ކޯޓަށް އަލީ ރަޝީދު އައްޔަން ކުރެއްވުމުން ހައިލަމް ސުވާލު އުފައްދަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ