ރާއްޖޭގައި ހަރުކަށި ފިކުރުގެ 1300 މީހުންނެއް ތިބޭނެ ކަމަށް ޤަބޫލުނުކުރާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު މިހެން ވިދާޅުވެފައިމިވާއިރު ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވަނީ ހަރުކަށި ފިކުރުގައި ޖެހިފައި ތިބި ދިވެހިންގެ އަދަދު ގާތްގަނޑަކަށް 1400 އަށް އަރާ ކަމަށް ވިދާޅުވެފައެވެ.
ސަންގު ޓީވީގެ ޕްރޮގުރާމެއްގައި ވާހަކަ ދައްކަމުން ޢުމަރު ވިދާޅުވީ، ރާއްޖޭގައި ހަރުކަށި ފިކުރުގެ 1300 މީހުންނެއް ނުތިބޭނެ ކަމަށް ވިދާޅުވެފައެވެ. ޢުމަރު ވިދާޅުވީ ހަރުކަށި ފިކުރުގެ މީހުންގެ ވިސްނުން ހުންނަ ގޮތާއި ފެޔަށް ޖެހިފައި ތިބޭ މީހުންނަކީ ހަރުކަށި ފިކުރެއް ނޫން ކަމަށެވެ. އަދި މީހެއްގެ ތުނބުޅި ހުންނަ ގޮތަކުން ނުވަތަ މީހަކު ހެދުން އަޅާ ގޮތަކުން އެމީހާ އަކީ ހަރުކަށި ފިކުރުގެ މީހެއް ކަމަށް ބުނެވިގެން ނުވާނެ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ދީފައިވާ ޓެރަރިސްޓު ހަމަލާއާވެސް ގުޅުވާފައިވަނީ ހަރުކަށި ފިކުރާއެވެ. ޢުމަރު ވަނީ ރައީސް ނަޝީދަށް އެހަމަލާދިން މީހުންނާ ދިމާލަށް ހަރުކަށި ފިކުރޭ ކިޔާތީވެސް އެކަން ކުށްވެރި ކުރައްވާފައެވެ.
ރައީސް ނަޝީދަކީ އެމަނިކުފާނު ހިތްނުރުހޭ ކަންތައްތަކާއި ދިމާވުމުން ހަރުކަށި ފިކުރުގެ މައުޟޫ ނަގައި އެއީ އެފަދަ ވިސްނުމުގެ ބައެއްގެ ގޮތުގައި ލޭބަލްކުރާ މީހެއްގެ ގޮތުގައި ޢުމަރު ފާހަގަކުރެއްވިއެވެ.
ހަރުކަށި ފިކުރާ ގުޅޭގޮތުން ވާހަކަ ދައްކަމުން ޢުމަރު ވިދާޅުވީ، ހަރުކަށި ފިކުރުގެ މީހުންގެ ތެރެއިން އެންމެ މަތީ ލެވެލްގެ މީހުން ހައްޔަރުކުރާއިރު އެކަން އަންގާ އިޢުލާން ނުކުރާ ކަމަށާއި، އަދި އެކަން އެގޮތަށް ނުކުރެވޭނެ ކަމަށެވެ.
ރާއްޖޭގައި ހަރުކަށި ފިކުރުގެ ގިނަބަޔަކު އުޅޭކަމަށް ޤަބޫލުނުކުރައްވާކަމަށް އުމަރު ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ