ނޭކުރެންދޫ ދަނޑުތަކަށް ކައުންސިލުން ކަރަންޓު ފޯރުކޮށްދީފި

ހދ ނޭކުރެންދޫ ގައި
ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައިވާ ދަނޑުތަކަށް އެ ރަށު ކައުންސިލްގެ ފަރާތުން
ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދީފިއެވެ.
ހދ ނޭކުރެެންދޫ
ކައުންސިލްގެ ރައީސް އަހްމަދު ޝިޒާން ވިދާޅުވީ، އެ ރަށުގައި ދަނޑުވެރިކަން
ފުޅާކުރެއްވުމަށް އެހީތެރިވުމުގެ ގޮތުން ސާޅީސް ހަތް ދަނޑަކަށް ކައުންސިލުގެ
ޚަރަދުގައި ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދީފައިވާ ކަަމަށެވެ. އަދި ފުރަތަމަ ދެ
މަސްދުވަހުގެ ކަރަންޓް ހިލޭ ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ކައުންސިލްގެ
ރައީސް ވިދާޅުވިއެވެ.
ނޭކުރެންދޫގައި
ދަނޑުވެރިކަން ކުރާ ފަރާތްތަކުން ހައްދާ ތަކެތި އާއްމުކޮށް ވިއްކަން ގެންދަނީ ހދ.ކުޅުދުއްފުއްޓާއި މާލެއަށެވެ.
ނޭކުރެންދޫގެ ގިނަ
ފިރިހެނުން އާމްދަނީ ހޯދުމަށް ރަށުން ބޭރުގައި މަސައްކަތް ކުރަމުންދާއިރު، އަންހެނުން
ރަށުގައި ތިބެގެން އާމްދަނީ ހޯދުމަށް އާއްމުކޮށް ކުރާ މަސައްކަތަކީ ފަންގިވިނުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ