އަބްދުﷲ ރިޔާޒްގެ ފަރާތުން އޭނާގެ އާއިލާއިން ރާއްޖެޓީވީ ފަންޑަށް އެހީތެރިވެދީފި

ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒްގެ  ފަރާތުން އޭނާގެ އާއިލާއިން ރާއްޖެޓީވީ އަބުރުފަންޑަށް ފައިސާ ހަދިޔާކޮށްފިއެވެ.
ފައިސާ ހަދިޔާ ކުރައްވާ ވާހަކަދައްކަވަމުން އަބްދުﷲ ރިޔާޒްގެ ބޭބެ އަހުމަދު ރިޔާޒް ވިދާޅުވީ، ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައިވަނީ އަބްދުﷲ ރިޔާޒްގެ ނަންމަތީގައި ކަމަށެވެ.
" ހުރިހާ ދިވެހިންނަށް ވެސް ހުރިހާ ޗެނަލްތަކަކީ ވަރަށް މުހިއްމު އެއްޗެއް. ދިވެހި ރައްޔިތުންނަށް ވަރަށް ބޭނުންތެރި ޓީވީއެއް ރާއްޖެޓީވީއަކީ.
ގާނޫނުތަކާ ގަވައިދުތަކާ ހިލާފަށް ރާއްޖެޓީވީއަށް އަދަބު ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. ރާއްޖެޓީވީ ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރިކުރުން ކުއްވެރިކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެ ޓީވީ ހަތަރު ވަނަ ފަހަރަށް ޖޫރިމަނާ ކޮށްފައިވަނީ  އަބުރުގެ ގާނޫނުގެ ދަށުން ޖޫރިމަނާ ކުރެވޭ އެންމެ ބޮޑު އަދަދު ކަމުގައިވާ ދެ މިލިއަން ރުފިޔާއިންނެވެ. މި ޖޫރިމަނާކުރީ، މިއަހަރުގެ މާޗް 16 ވަނަ ދުވަހުގެ ރޭ މާލޭގައި ކުރަމުންދިޔަ މުޒާހަރާ ރާއްޖެ ޓީވީން ގެނެސްދެމުން ދިޔައިރު މީހަކު ދެއްކި ވާހަކައަކާ ގުޅިގެންނެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ