ޕީޕީއެމްގެ މެމްބަރު ފަޒާދު އިދިކޮޅު ހަރަކާތާ ގުޅިވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަލީ ފަޒާދު އިދިކޮޅު ހަރާކާތްތަކާ ގުޅިވަޑައިގެން ރިޔާސީ އިންތިހާބުގެ ކެމްޕެއިން މިއަދު ފައްޓަވައިފި އެވެ.
މި މަހު 23 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހއ. އަތޮޅުގެ ހުރިހާ ރަށްތަކަށް މިއަދު ފެއްޓެވި ދަތުރުގައި ފަޒާދު ބައިވެރިވަޑައިގަންނަވަ އެވެ. އެކަން ފަޒާދު ވަނީ "މިހާރު" އަށް ކަށަވަރުކޮށް ދެއްވައިފަ އެވެ.
މިދިޔަ ހޮނިހިރު ދުވަހުގެރޭ ފަޒާދު ފުވައްމުލަކަށް ވަޑައިގަތުމުން، އިދިކޮޅު ސަޕޯޓަރުން އޭނާ އަށް މަރުހަބާ ދަންނަވަނީ. -
ފަޒާދު މިދިޔަ ހޮނިހިރު ދުވަހުގެ ރޭ، އޭނާގެ އުފަން ރަށް، ފުވައްމުލަކަށް ވަޑައިގަތުމުން އެ ރަށު އެއާޕޯޓުން އޭނާ އަށް މަރުހަބާ ދެންނެވީ އިދިކޮޅު ޕާޓީތަކުގެ ސަޕޯޓަރުންނެވެ. އެއާއެކު، ފަޒާދު އިދިކޮޅު ހަރަކާތްތަކާ ގުޅިވަޑައިގެންނެވި ކަމުގެ އަޑު ގަދަވި އެވެ. އޭރު، އެކަމާ ގުޅިގެން ފަޒާދު އެއްޗެއް ވިދާޅެއް ނުވެ އެވެ.
ފަޒާދު، އިދިކޮޅު ހަރަކާތާ ގުޅިވަޑައިގަތުމާ ގުޅިގެން، ފުވައްމުލައް ތަމްސީލު ކުރައްވާ ތިން މެމްބަރުންގެ ތެރެއިން އިދިކޮޅު ފަރާތްތަކާއެކު މަސައްކަތް ކުރައްވާ މެމްބަރުންގެ އަދަދު ދޭކަށް އެރީ އެވެ. އެއީ ފަޒާދުގެ އިތުރުން، ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަލީ ޝާހެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހް އަދިވެސް ހުންނެވީ ޕީޕީއެމްގަ އެވެ.
ފަޒާދަކީ މަޖިލީހުގެ ތަޅުމުގައި ހަރަކާތްތެރި ބޭފުޅަކަށް ނުވި ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގައި އޭނާގެ ދައުރު ވަރަށް ބޮޑެވެ. އެގޮތުން، ކޮމިޓީ މަރުހަލާތަކުގައި ދިރާސާ ކުރާ ބިލްތަކަށް އިސްލާހު ހުށަހަޅުއްވާއިރު، އޭނާއަކީ ބިލުތަކަށް އާންމުކޮށް ބަހުސް ކުރައްވާ އެއް މެމްބަރެވެ.
PPM ge member Fazaadhah maruhabaa dhennevee idhikolhu meehun
Mihaaru
ފަޒާދު އެންމެ ފަހުން ސަރުކާރުގެ ނުވަތަ ޕީޕީއެމްގެ ހަރަކާތަކުން ފެނުނީ ފަސްޓް ލޭޑީ ފާތިމަތު އިބްރާހީމް މިދިޔަ މޭ މަހު ފުވައްމުލަކުގައި ބޭއްވެވި ހަރަކާތެއްގެ ތެރެއިންނެވެ. އެ ޖަލްސާގައި ފަޒާދު ވަނީ އެ ކަމަނާ އަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ