ދިރާގު ޕޭ މެދުވެރިކޮށް ޓެކްސީއަށް ފައިސާ ދެއްކުމުން 1500 ރުފިޔާ ހިލޭ!

ދިރާގު ޕޭ މެދުވެރިކޮށް ޓެކްސީއަށް ފައިސާ ދެއްކުމުން ހިލޭ 1500 ރުފިޔާ ލިބުމުގެ ފުރުސަތު ހުޅުވާލައި ޕްރޮމޯޝަނެއް ފަށައިފިއެވެ. ދިރާގުން ބުނީ، ޖޫން މަހުގެ ނިޔަލަށް އެ ޕްރޮމޯޝަން ކުރިއަށް ދާނެ ކަމަށެވެ. އަދި އެ ޕްރޮމޯޝަން ކުރިއަށްދާނީ ހަމައެކަނި މާލޭގައި ކަމަށްވެސް ދިރާގުން ބުންޏެވެ. އެ ޕްރޮމޯޝަންގެ ދަށުން 25 ޓެކްސީ ދަތުރަށް ދިރާގު ޕޭ މެދުވެރިކޮށް ފައިސާ ދެއްކުމުން އޮޓޮމެޓިކުން ގުރުއަތު ލުމެއްގައި ބައިވެރި ވެވޭނެ ކަމަށް ދިރާގުން ބުންޏެވެ. އަދި ގުރުއަތު ލުމުން ހޮވޭ ނަސީބުވެރި 10 ކަސްޓަމަރުންގެ ދިރާގު ޕޭ ވޮލެޓަށް 1500 ރުފިޔާގެ ކޭޝް އިން އެއް ލިބޭނެ ކަމަށްވެސް އެކުންފުނިން ބުންޏެވެ. ދިރާގު ޕޭ އަކީ، މޯބައިލް ފޯނާއި އެންއެފްސީ ބޭނުންކޮށްގެން ތަކެއްޗާއި ހިދުމަތްތަކަށް ފަސޭހައިން ފައިސާދެއްކޭނެގޮތާއި ފައިސާ ޖަމާކުރުމާއި ފައިސާ ނެގޭނެގޮތަށް ތައާރަފް ކޮށްފައިވާ ހިދުމަތެކެވެ. ދިރާގު ޕޭ ތައާރަފްކޮށްފައިވަނީ މިދިޔަ އަހަރު އޮކްޓޯބަރ މަހުގައެވެ. އަދި މި ހިދުމަތް ލިބޭ 100 އަށް ވުރެ ގިނަ ވިޔަފާރި ހުންނަކަމަށް ދިރާގުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ