ނާޒިމް ބަންދުކުރަން ކްރިމިނަލް ކޯޓުން ކުރި ޙުކުމަށް ހައިކޯޓުން ތާއީދު ކޮށްފި

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމު ނާޒިމް ބަންދުކުރަން ކްރިމިނަލް ކޯޓުން ކުރި ޙުކުމަށް ހައިކޯޓުން ތާއީދު ކޮށްފިއެވެ.ކްރިމިނަލް ކޯޓުގެ ހުކުމަށް ތާއީދު ކޮށް މިއަދު މެންދުރުފަހު ހައިކޯޓުން މިގޮތަށް ޙުކުމްކުރީ ނާޒިމްގެ ފަރާތުން އޭނާ ހައްޔަރުކުރި ކުރުމާއި ކްރިމިނަލް ކޯޓުން ދިން ބަންދުގެ މުއްދަތު ބާތިލް ކޮށްދިނުމަށް އެދި ހައިކޯޓަށް ހުށަހެޅި އިސްތިއުނާފުގެ މައްސަލައިގެ ޙުކުމް އިއްވަވަމުންނެވެ.މި މައްސަލައިގައި މީގެ ކުރިން ހައިކޯޓުގައި ބޭއްވި ހަމައެކަނި އަޑުއެހުމެކޭ އެއްފަދައިން މިއަދުގެ ޝަރީޢަތުގެ އަޑުއެހުމަށްވެސް ވައްދާފައިވަނީ ހަމައެކަނި ދައުލަތާ ނާޒިމްގެ ގާނޫނީ ޓީމުގައި ހިމެނޭ ބޭފުޅުންގެ އިތުރުންނާޒިމްގެ އާއިލާގެ ބޭފުޅުން އެކަންޏެވެ.ނާޒިމް ދޫކޮށްލުމަށް ގޮވާލާ މާލޭގެ މަގެއްގެ އަރިމަތީގައި ހިއްޕާފައިވާ ޕޯސްޓަރު ތަކެއްނާޒިމް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހާފައިވަނީ މިމަހުގެ 10 ވަނަ ދުވަހު އެވެ.އެދުވަހު ނާޒިމްގެ ޤާނޫނީ ވަކީލުންގެ ޓީމުގެ ފަރާތުން ވިދާޅުވެފައި ވަނީ ނާޒިމު ބަންދުކުރަން ކްރިމިނަލް ކޯޓުން ނިންމި ނިންމުމާއި މެދު ހިތްހަމަ ނުޖެހޭ ކަމަށާއި، ނާޒިމަކީ މުޖުތަމަޢަށް ހުރި ނުރައްކަލެއް ކަމަށް ބުނުން ފިޔަވާ އިތުރު އެއްވެސް ހެތްކެއް ފުލުހުންނަށް ޝަރީޢަތުގެ މަޖިލީހުގައި ދެއްކިފައި ނުވާ ކަމަށެވެ.އެހެން ނަމަވެސް ކްރިމިނަލް ކޯޓުން ފަނަރަ ދުވަހުގެ މުއްދަތު ޖަހައި ދީފައިވުމާއި ގުޅިގެން އެކަމާއި ހިތްހަމަ ނުޖެހޭތީ ނާޒިމްގެ ޤާނޫނީ ވަކީލުންގެ ޓީމުން ނާޒިމް ދޫކޮށްލުމަށް އެދި ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ މިގޮތަށް ނިމުމުން މި މައްސަލަ ސުޕްރީމް ކޯޓަށްވެސް އިލްތިމާސް ކުރާނެ ކަމަށް ނާޒިމްގެ ޤާނޫނީ ޓީމުން ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ