ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓް ސަރުކާރުގެ ކެންޑިޑޭޓާ އެއްކޮޅަށް

އަންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ހެންވޭރު އުތުރު ދާއިރާ އަށް ވާދަކުރައްވާ ކެންޑިޑޭޓް، ސަރުކާރުގެ ކެންޑިޑޭޓަށް ތާއީދު ކުރައްވަން މިރޭ ނިންމަވައިފި އެވެ.
މިރޭ ބޭއްވި ރަސްމިއްޔާތެއްގައި، މާލޭ ސިޓީ ކައުންސިލްގެ އިންތިޚާބުގައި ހެންވޭރު އުތުރަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ހަމްޒާ ހަސަން ވަނީ ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ ކޯލިޝަން ޕާޓްނަރު ޑީއާރުޕީގެ ކެންޑިޑޭޓް މުހައްމަދު ފިޝާންވީ އަށް ތާއީދު ކުރައްވަން ނިންމެވިކަން އިއުލާން ކުރައްވައިފަ އެވެ.
ހެންވޭރު އުތުރު ދާއިރާ އަށް އިދިކޮޅު ޕާޓީތަކުގެ ތެރެއިން އެމްޑީޕީ ފިޔަވައި އެހެން ޕާޓީއަކުން ކެންޑިޑޭޓަކު ވާދައެއް ނުކުރެ އެވެ. އަދި އެ ދާއިރާ އަށް އަމިއްލަ ކެންޑިޑޭޓަކު ވެސް ނުނިކުމެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ