އިންޑިއާގައި ހުންނަވާ ދިވެހި ސަފީރަކަށް އަހުމަދު މުހައްމަދު ހަމަޖައްސަން ފާސްކޮށްފި

ރާއްޖެ އިން އިންޑިއާ އަށް ކަނޑައަޅާ ސަފީރަކަށް ކުރީގެ ކޮމިޝަނާ ޖެނެރަލް
އޮފް ކަސްޓަމްސް އަހުމަދު މުހައްމަދު (އަންޑޭ) ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. އިންޑިއާގައި ހުންނަވާ ދިވެހި ސަފީރަކަށް އަހުމަދު އައްޔަން ކުރުމަށް ފެނިވަޑައިގަންނަވާ ކަމަށް، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެމްބަރުންގެ ތެރެއިން 58 މެމްބަރަކު ވޯޓު ދެއްވި އެވެ. ފެނިވަޑައިނުގަންނަވާ ކަމަށް އެންމެ މެމްބަރަކު ވޯޓު ދެއްވިއިރު ވަކިކޮޅަކަށް ވޯޓު ނުދެއްވާ އެއްވެސް މެމްބަރަކު ނެތެވެ.އިންޑިއާގައި ހުންނަވާ ދިވެހި ސަފީރަކަށް އަހުމަދު އައްޔަން ކުރަން ފެންނަ ކަމަށް، އޭނާގެ ނަން ދިރާސާކުރި ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުން އެމްބެސެޑާ
އެޓް ލާޖްގެ މަގާމަށް އަހުމަދު އައްޔަން ކުރެއްވީ މިދިޔަ އޯގަސްޓް މަހުގެ
ކުރީކޮޅުގަ އެވެ. ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި
އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި އަހުމަދު ވިދާޅުވެފައި ވަނީ އެމްބެސެޑާ
އެޓް ލާޖްގެ މަގާމަށް ބަދަލުކުރެއްްވީ އޭނާގެ އެދިވަޑައިގަތުމަކަށް
ކަމަށެވެ. އިންޑިއާގައި ހުންނަވާ ދިވެހި ސަފީރު ކަމުގައި މިހާރު ހުންނެވީ ކުރީގެ ފޮރިން ސެކްރެޓަރީ މުހައްމަދު ނަސީރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ