"ރައީސް ޔާމީން 2018" ކެމްޕޭނު ގިނަ އަދަދެއްގެ ޒުވާނުންނާއިއެކު އައްޑޫ ސިޓީގައި އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ޖުނައިދު ފަށްޓަވައިފިއެވެ.
މިއަދުނޫހަށް އެނގިފައިވާގޮތުގައި އެމްޕީއެލް މާލޭގެ އިތުރުން ރާއްޖެތެރޭގައި ހުރި އެމްޕީއެލްގެ ގޮފިތައް ތަރައްޤީކުރެއްވުމަށް ޖުނައިދު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ތާއީދުކޮށް ހިތްވެރުދޭ ޒުވާނުން އައްޑޫ ސިޓީގައި ވަރަށް ގިނައެވެ.
އެފަދަ ޒުވާނަކު މިއަދުނޫހަށް މައުލޫމާތު ދެމުން މިރޭ ބުނީ އެމީހުން ބޭނުންވަނީ ވަޒީފާ އާއި ކުރިއެރުން ކަމަށެވެ. އައްޑޫ ސިޓީގައި އެމްޕީއެލްގެ މަސައްކަތްތައް ފުޅައު ކުރައްވަމުން ގެންދަވާ މިންވަރުން ގިނަ އަދަދެއްގެ ވަޒީފާތައް މިހާރުވެސް އުފެދި މުވައްޒިފުން ހަމަޖެހިފައިވުމަކީ އައްޑޫ ސިޓީގެ ޒުވާނުންނަށް ލިބުނު ވަރަށް ބޮޮޑު ކުރިއެރުމެއް ކަމަށެވެ.
"ރައީސް ޢަބްދުﷲ ޔާމީންގެ މެނިފެސްޓޯގައި އެންމެ އިސްކަން ދެއްވަނީ ޒުވާނުންނަށް. ޖުނައިދު މަސައްކަތް ކުރައްވަމުން އެގެންދަވަނީ ރައީސް ޔާމީންގެ މެނިފެސްޓޯ ވީހައި ފުރިހަމައަށް ތަންފީޒުކުރައްވަން. އެއީ އަޅުގަނޑުމެން ވަރަށް ބޮޑަށް އުފާކުރައްވާ ކަމެއް."
އެމްޕީއެލްގެ ވަޒީފާތަކުން މިހާރުވެސް މަހަކު މިލިއަނަކަށްވުރެ ގިނަ ރުފިޔާ އައްޑޫ ސިޓީގެ މުވައްޒިފުންނަށް ދަނީ ލިބެމުންނެވެ.
"ރައީސް ޔާމީން 2018" ކެމްޕޭނު ގިނަ އަދަދެއްގެ ޒުވާނުންނާއިއެކު ޖުނައިދު ފަށްޓަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ