ތިމަރަފުށީ ދާއިރާގެ ގެތަކަށް މުސްތަފާ ކާޑު ހަދިޔާ ކުރައްވަން ނިންމަވައިފި

ރޯދަ މަހު ތިމަރަފުށީ ދާއިރާގައި ހިމެނޭ ރަށްތަކުގެ ގެތަކަށް ކޮންމެ ވައްތަރަކުން ކާޑު ބަސްތާއެއް ދެއްވަން ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ނިންމަވައިފި އެވެ.
މުސްތަފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތިމަރަފުށީ ދާއިރާގެ ކޮންމެ ގެއަކަށް ވައްތަރަކުން ކާޑު ބަސްތާއެއް ދޭން ނިންމަވައިފައިވާ ކަމަށެވެ. އަދި އެހެން މެމްބަރުން ވެސް އެ ގޮތަށް ކަންތައް ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ތިމަރަފުށީ ދާއިރާގެ ރަށްތަކުގެ ގެތަކަށް ކޮންމެ އަހަރަކު ވެސް މުސްތަފާ ކާޑުގެ ބާވަތްތައް ހަދިޔާ ކުރައްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ