ޕީޕީއެމް ރައީސްގެ އޮފީސް، ހ. ތެމާއަށް ފުލުހުން ވަދެ ބަލައި ފާސް ކުރުމުގައި ފުލުހުން އަމަލުކުރި ގޮތް މުޅިން ރަނގަޅު ނޫން ކަމަށް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވަނީ ވިދާޅުވެފައެވެ.
ޔުމްނާ ވިދާޅުވިގޮތުގައި މިދިޔަ މަހުގެ 27 އަދި 28 ވަނަ ދުވަހު ފުލުހުން އަމަލު ކުރީ މުޅިން ރަނގަޅަށް ނޫން ކަމަށާއި، ޒިންމާދާރު މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާ ސުވާލުކުރުމުގެ ބަދަލުގައި ސުވާލު ކުރަނީ އޮފީހުގެ އާދައިގެ މުވައްޒަފުންނަށް ކަމަށް ވިދާޅުވިއެވެ.
ސިވިލް ކޯޓުން ކުރި ހުުކުމާ ގުޅޭގޮތުން ޔުމްނާ ވިދާޅުވީ ހުކުމުގައި އޮފީހުގަ ހުރި މުދާތައް ހަވާލުކުރުމަށް ނެތް ކަމަށާއި އޭގެ ބަދަލުގައި އެ ހުކުމުގައި އޮތީ މުސްތަޝާރުގެ މައްޗަށް 24 ގަޑިއިރު ތެރޭގައި ޕާޓީ ކައުންސިލް ބައްދަލުވުމެއް ބާއްވާ ޕާޓީ ހިންގާނެ ފަރާތެއް ކަނޑައަޅުން ކަމަށެވެ.
ޔުމްނާ އިތުރަށް ވިދާޅުވިގޮތުގައި މިދިޔަ މަހުގެ 28 ވަނަ ދުވަހު ޕީޕީއެމްގެ އޮފީހަށް ބަޔަކު ވަންނަން އުޅޭ ހަބަރު ލިބިގެން އެތަނަށް ގޮސް އެތާ ތިބި ފުލުހުންނާ ވާހަކަ ދައްކާފައިވާނެ ކަމަށާއި، ނަމަވެސް އެ ބޭފުޅުން އެކި ފަހަރު ވިދާޅުވީ އެކި ވާހަކަ ކަމަށް ޔުމްނާ ވިދާޅުވިއެވެ.
ފުލުހުން އަމަލު ކުރިގޮތް މުޅިން ރަނގަޅެއް ނޫން: ޔުމްނާ މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ