ޕާޓީ ތެރެއިން އިންތިޒާމްކުރާ ޕްރައިމަރީއެއްގައި ބައިވެރިނުވާނަން: އުމަރު

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިންތިޒާމް ކުރާ ޕްރައިމަރީއެއްގައި ބައިވެރިނުވާނެ ކަމަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކަމަށް އިއުލާން ކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ވިދާޅުވެފައެވެ.
އުމަރު ނަސީރު ވިދާޅުވިގޮތުގައި ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ޕްރައިމަރީ ބާއްވަން ޕާޓީން ހަވާލުކުރަނީ އެހެން ބަޔަކާ ކަމަށެވެ.
އުމަރު ވިދާޅުވިގޮތުގައި އިނގިރޭސިވިލާތުގައި ޕްރައިމަރީ ބާއްވަން ސިޔާސީ ޕާޓީތަކުން ހަވާލުކުރަނީ އެގައުމުގެ ޖަމިއްޔާތަކަށެވެ. އަދި އެމެރިކާގެ ސިޔާސީ ޕާޓީތަކުން ޕްރައިމަރީ ބާއްވަން ހަވާލުކުރަނީ ދައުލަތުގެ ކަމާބެހޭ މުއައްސަސާއާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޕާޓީން އިންތިޒާމްކޮށްގެން ބާއްވާ ޕްރައިމަރީ އަކީ ފްރީ އެންޑް ފެއާ އިލެކްޝަނަކަށް ނުވާނެ ކަމަށާއި އިދިކޮޅު އެމްޑީޕީން ވެސް އެ މަންޒަރު ވަނީ ފެނިފައި ކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ. އަދި އަމިއްލަ ޖަމިއްޔާއަކާ ހަވާލުކޮށްގެން ޕީޕީއެމްގެ ޕްރައިމަރީތައް ބޭއްވޭގޮތް ހެދުމަށް ދެން ބާއްވާ ޕީޕީއެމްގެ ކޮންގްރެސްގައި ހުށަހަޅުއްވާނެ ކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ