ހިންމަފުށިން މަސްތުވާތަކެއްޗާއެކު ހައްޔުކުރި މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ޖަހައިދީފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކ.ހިންމަފުށީގައި ޑްރަގް އެންފޯސްމަންޓް ޑިޕާޓުމަންޓުން ކުރިއަށް ގެންދިޔަ ޚާއްސަ އޮޕަރޭޝަނުގައި މަސްތުވާތަކެއްޗާއި އެކު އިއްޔެ އެރަށުން ހައްޔަރުކުރި 7 މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
އިއްޔެ ކުރިއަށް ގެންދިޔަ މި ޚާއްސަ އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ޢުމުރުން 18 އަހަރުގެ ދެ ފިރިހެނުންނާއި ޢުމުރުން 22 އަހަރުގެ ފިރިހެނަކާއި ޢުމުރުން 32 އަހަރުގެ ފިރިހެނަކާއި ޢުމުރުން 33 އަހަރުގެ ފިރިހެނަކާއި ޢުމުރުން 41 އަހަރުގެ ފިރިހެނެއްގެ އިތުރުން ޢުމުރުން 44 އަހަރުގެ ފިރިހެނެކެވެ. މި އެންމެނަކީވެސް ދިވެހީންނެވެ.
ފުލުހުން ބުނީ އޭގެ ތެރެއިން ފަސް މީހެއްގެ ބަންދަށް 10 ދުވަސް ޖަހައިދީފައިވާއިރު އެކަކުގެ ބަންދަށް ފަސް ދުވަސް އަދި އަނެއް މީހާގެ ބަންދަށް ދެ ދުވަސް ޖަހާދީފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި ޚާއްސަ އޮޕަރޭޝަ
ނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު އެންމެނަކީވެސް މަސްތުވާތަކެއްޗާއެކު ގެނެވިފައިވާ މީހުން ކަމަށާއި މީގެއިތުރުން މި މީހުންގެ ކުޑަކަމުދާ ތަކެތި ނަގައި ވަގުތީ ތަޙުލީލުކުރިއިރު މަސްތުވާތަކެތި ބޭނުންކޮށްގެން ތިބިކަމަށް ވަނީ ޕޮޒިޓިވް ވެފައި ކަމަށެވެ.
ކ.ހިންމަފުށީގައި ޑީ.އީ.ޑީ އިން ކުރިއަށް ގެންދިޔަ މި ޚާއްސަ އޮޕަރޭޝަނުގައި ކޯޓު އަމުރުގެ ދަށުން އެރަށުގެ 11 ގެއެއް ބަލައި ފާސްކޮށްފައިވެއެވެ.
މި މީހުންގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ޢުމުރުން 18 އަހަރުގެ އެކަކުގެ ގެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ޕެކެޓްތަކަކާ ބަނގުރާ ހުސްކޮށްފައި ހުރި ފުޅިތަކަކާ ބަރަޙަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ ތަކެއްގެ އިތުރުން 4 ފޫޓަށް ވުރެ ދިގު ހަރުފައެއް ވަނީ ފެނިފަވާ ކަމަށް ފުލުހުން ބުޏްނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ