ރިޔާސީ އިންތިހާބުގައި ވޯޓުލާން އަދިވެސް އަބްދުﷲ ރިޔާޒު ރަޖިސްޓްރީ ނުވާތީ އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މި މައްސަލައިގައި އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފައި ވަނީ ރިޔާޒުގެ އަނބިކަނބަލުން އައިޝަތު ނަދާ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
ނަދާގެ ޓްވީޓުގައި ވިދާޅުވެފައިވަނީ ވޯޓުލުމަކީ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ގާނޫނުން ލިބިދީފައިވާ ހައްގެއް ކަމަށެވެ. އެހެންނަމަވެސް ނުހައްގުން ޖަލުގައި ހުކުމް ތަންފީޒުކުރުވަމުން ގެންދާ އެކަމަނާގެ ފިރިކަލުން ރިޔާޒު އަދިވެސް ރީރަޖިސްޓްރީ ނުކުރާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
ނަދާ ވަނީ ރީ-ރަޖިސްޓްރީގެ ކަންކަން ވީހާވެސް އަވަހަކަށް ފުރިހަމަކޮށްދެއްވުމަށް ކަމާ ބެހޭ ފަރާތްތަކަށް އިލްތިމާސް ކުރައްވާ ކަމަށްވެސް ވިދާޅުވެފަ އެެވެ.
ވޯޓުލާން ރީރަޖިސްޓްރީ ކޮށްފައި ނުވާތީ އަބްދުﷲ ރިޔާޒުގެ އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ