ނާޒިމާއި އަބްދުﷲ ރިޔާޒު އައި ކެއާގައި

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމާއި، ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ޑޮކްޓަރަށް ދެއްކުމަށް މާލެ ގެނެސްފި އެވެ.
މި ދެ ބޭފުޅުން މިއަދު މާލެ ގެނެސް ޑޮކްޓަރަށް ދައްކާފައިވަނީ އައިކެއާގެ ޑޮކްޓަރުންނަށެވެ.
އައިކެއާ އަކީ ލޮލުގެ ބަލިތަކާ ގުޅޭ ހާއްސަ ޑޮކްޓަރުން ތިއްބަވާ ކްލިނިކަކަށް ވާއިރު މި ދެބޭފުޅުން އައިކެއާ އަށް ދެއްކީ ލޮލުގެ ކޮންކަހަލަ ސިއްހީ މައްސަލައެއް ކުރިމަތިވެގެން ކަމެއް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.
ކާނަލް ނާޒިމް ޖަލަށްލީ ފަހުން މީގެކުރިން އެތައް ފަހަރަކު ލޮލުގެ ޑޮކްޓަރަކަށް ދައްކާފައިވީ ނަމަވެސް އަބްދުﷲ ރިޔާޒު ޖަލަށްލީ ފަހުން މާލެ ގެެނެސް ލޮލުގެ ޑޮކްޓަރަކަށް ދެއްކި މިއީ ފުރަތަމަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ