މޫސުން ގޯސްވެ ދެކުނުގެ އަތޮޅުތަކަށް ނެރުނު އެލާޓުގެ ވަގުތު އިތުރުކޮށްފި

ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވެދާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ރޭ ފަތިހު ނެރުނު ވައިޓް އެލާޓުގެ ވަގުތު އިތުރުކޮށްފި އެވެ.
ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭތީ މެޓް އޮފީހުން ވައިޓް އެލާޓް މިހާރު ނެރިފައި ވަނީ ހުވަދު އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ ސަރަހައްދަށެވެ. އަދި މިހަތަރު އަތޮޅުގެ މޫސުން ގޯސްވެ އެލާޓުގެ ވަގުތު އިތުރު ކޮށްފައި ވަނީ މިއަދު މެންދުރު 12:00 އިން ފެށިގެން އިރުއޮއްސި 18:00 އަށެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ، ކުރިއަށް އޮތް 24 ގަޑިއރުގެ ތެރޭ ރާއްގޭގެ މޫސުން ލަފާކުރާ ގޮތައްބަލާއިރު މެދުތެރެއާއި ދެކުނުގެ އެކިހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އަދި އުތުރުގެ އަތޮޅުތަކަށް ގުގުރުމާއެކު ކެރީގެއަސަރު ފޯރާނެ ކަމަށް ވެސް މެޓް އޮފީހުން މައުލުމާތު ދެއެވެ.
މީގެ އިތުރުން މެޓް އޮފީހުން ބުނީ، ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށައި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަވާނެ ކަަމށެވެ. އަދި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށް ވެސް މެޓް އޮފީހުން މައުލޫމާތު ދެއެވެ.
ރާއްޖެއަށް އިއްޔެއިން ފެށިގެން ބައެއް ހިސާބުތަކަށް ވިއްސާރަކުރަން ފަށާފައި މިވަނީ ވާރޭނުވެހޭތާ ދެ މަހަށްވުރެ ގިނަ ދުވަސް ފަހުންނެވެ. ވާރޭނުވެހޭތާ ގިނަ ދުވަސްވާތީ އިއްޔެ މެންދުރު ނަމާދަށްފަހު މުޅި ރާއްޖޭގައި ވަނީ އިސްތިސްގާ ނަމާދު ވެސް ކޮށްފަ އެވެ. އެ ނަމާދު ކުރަމުން ދަނިކޮށް ވެސް ބައެއް ރަށްރަށަށް ވާރޭ ވެހެނުއިރު މާލެއަށް ވެސް އިއްޔެ ވަނީ ވާރޭ ވެހެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ