ޑީއެންއޭގެ ފަހަތުގައި ހުންނެވީ ރައީސް މައުމޫން: ހަލީމް

ދިވެހިރާއްޖޭގެ ސިޔާސީ މައިދާނަށް އަަލަށް އުފަންވި ދިވެހި ނޭޝަނަލް އެކްޝަން (ޑީއެންއޭ)ގެ ފަހަތުގައި ހުންނެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމް (ދޮންބިލަތް) ވިދާޅުވެއްޖެއެވެ.
ހަލީމް މިހެން ވިދާޅުވީ، ޖަޒީރާ ނިއުސްއިން ގެނެސްދިން "ވަން ޓު ވަން" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. ޑީއެންއޭގައި އިސްކޮށް މަސައްކަތް ކުރައްވަނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި، ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫންއެވެ.
ރައީސް މައުމޫނަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ހަލީމް ވަނީ ކޯލިޝަން ސަރުކާރު، އޭގެ އަމިއްލަ ޒާތުގައި ރޫޅިގެން ހިނގައިދާނެ ކަމަށް ވިދާޅުވެފައެވެ.
"ކޯލިޝަނަކީ އަޅުގަނޑުމެނާއެކު އޮތަސް، އަޅުގަނޑުމެންގެ ވާދަވެރި ފަރާތްތައް" ހަލީމް ވިދާޅުވިއެވެ.
އުމަރު ނަސީރާއި ދުންޔާ މައުމޫން ގުޅިވަޑައިގެން އުފައްދާފައިވާ ޑީއެންއޭގެ އަޑީގައި ހުންނެވީ މައުމޫން ކަމަށް ދޮންބިލެއް ވިދާޅުވިއެވެ. މިއަދު މައުމޫން ނިކުމެ ހުންނެވީ ހައްލަކީ އުމަރު ކަމަށް ވިދާޅުވެއެވެ. ދޮންބިލެއް ތުހުމަތުކުރާ ގޮތުގައި، މިއީ ރައީސް މައުމޫންގެ ލެގަސީ ހުތުރުވެފައިވާތީ އެމަނިކުފާނު ކުރައްވާ ކަމަކެވެ.
ރައީސް މައުމޫންގެ ދިގު ވެރިކަމުގައި ރާއްޖެއަށް ނުގެނެވޭ ތަރައްގީ އެމްޑީޕީގެ ދެ ވެރިކަމުގައި ގެނައުމުން، މިހާރު ރައްޔިތުން އެމްޑީޕީ މާ ބޮޑަށް ބަލައިގަނެފައިވާ ކަމަށް ދޮންބިލެއް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ