އިންޑިއާގެ ބިލިއަނަރަކު އޮކްސިޖަން ގަތުމަށް 10 މިލިއަން ޑޮލަރު ހަދިޔާ ކޮށްފި

އިންޑިއާގެ ހައްދުން ނެއްޓިފައިވާ ކޮވިޑްގެ ހާލަތުގައި ބަލިމީހުންނަށް އޮކްސިޖަން ނުލިބި މަރުވަމުންދާ މި ދަނޑިވަޅުގައި ހޮސްޕިޓަލްތަލަށް އޮކްސިޖަން ގަތުމަށްޓަކައި 10 މިލިއަން ޑޮލަރު އެ ޤައުމުގެ ބިލިއަނަރެއް ކަމަށްވާ ވިނޯދު ޚޯސްލާ ހަދިޔާ ކޮށްފިއެވެ.
66 އަހަރުގެ ވިނޯދު ވަނީ އޮކްސިޖަން ނުލިބުމުގެ ސަބަބުން މަރުވާ މީހުންގެ އަދަދު ގިނަ ވެދާނެ ކަމަށް ބުނެފައެވެ. އަދި "ގިވް އިންޑިއާ" ކެމްޕޭނަށް މީ ބޭނުންވާ އަދަދު ނޫން ކަމަށް ވެސް އޭނާ ބުންޏެވެ. އެ ގޮތުން މި ވަގުތަށް ބޭނުން ވެގެން 20،000 އޮކްސިޖަން ކޮންސެންޓްރޭޓާސް އާއި 15000 ސިލިންޑަރު، 500 އައިސީޔޫ އެނދު، 100 ވެންޓިލޭޓަރާއި، ކޮވިޑް ސެންޓަރުތަކަށް 10000 އެނދު ހޯދުމަށް އެ ފަރާތްތަކުން އެދިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އިންޑިއާގައި ފައްސިވީ މީހުންގެ އަދަދު މިހާރު ވަނީ 33 ލައްކައިން މައްޗަށް އަރާފައެވެ. އަދި މަރުވި މީހުންގެ އަދަދު ވަނީ 215،000 ން މައްޗަށް އަރާފައެވެ. މީހުން އަންދާ ތަންތަނުން އަލިފާން ނުނިވެއެވެ. ސިއްޚީ ދާއިރާގައި މަސައްކަތް ކުރާ މީހުން ވަނީ ވަރުބަލިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ