މައުމޫނު ފައުންޑޭޝަންގެ ފަރާތުން 20 ދާއިރާއަކުން 80 ސްކޯލާޝިޕްގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
އެ ފައުންޑޭޝަނުން ބުނި ގޮތުގައި މި ފަހަރުގެ ސްކޯލާޝިޕްތަކަކީ އިންޑިއާގެ ބެންގަލޫރުގެ ގާޑްން ސިޓީ ކޮލެޖުން މަތީ ތައުލީމް ހާސިލް ކުރުމަށް ހުޅުވައިލި ފުރުސަތުތަކެކެވެ. މިއީ ކޯހުގެ ޚަރަދުގެ ދެބައި ކުޅަ އެއްބައި ހިލޭ ލިބޭ ކޯސްތަކެއް ކަމަށް އެ ފައުންޑޭޝަނުން ކުރި އިއުލާނެއްގައިވެ އެވެ.
މި ކޯސްތަކުގެ ތެރޭގައި ބެޗްލާ އޮފް ބިޒްނަޒް އެޑްމިނިސްޓްރޭޝަން، ބެޗްލާ އޮފް ކޮމާސް، ބެޗްލާ އޮފް ކޮމާސް (އޮނާސް)، ބެޗްލާ އިން ޓޫރިޒަމް، ހިސްޓްރީ، ޖާނަލިޒަމް، ބެޗެލާ އޮފް ކޮމްޕިއުޓާ އެޕްލިކޭޝަން، ބެޗެލަ އިން ޖާނަލިޒަމް، ސައިކޮލޮޖީ، އިންގްލިޝް، ބެޗެލާ އިން ފެޝަން އެންޑް އެޕެރަލް ޑިޒައިން ހިމެނެ އެވެ. އޭގެ އިތުރުން ބެޗެލާ އިން ބަޔޯޓެކްނޮލޮޖީ، ބަޔޯކެމިސްޓްރީ، ޖެނެޓިކްސް، ބީއެސްސީ- ބަޔޯޓެކްނޮލޮޖީ (އޮނާސް)، ބެޗެލާ އޮފް ފޮޒިއޮތެރަޕީ، މާސްޓާ އޮފް ޓޫރިޒަމް އެންޑް ޓްރަވެލް މެނޭޖްމެންޓް، ބީއެސްސީ- އިންފޮމޭޝަން ޓެކްނޮލޮޖީ، ބީއޭ- ބެޗެލާ އިން ޖާނަލިޒަމް (އޮނާސް)، ބީއޭ- ޓޫރިޒަމް (އޮނާސް)، ބީއޭ- އިންގްލިޝް (އޮނާސް)، އެމްއޭ- މާސްޓާ އިން އިންގްލިޝް، އެމްއެސްސީ- ސައިކޮލޮޖީ، ބީއެސްސީ- ހޮޓެލް މެނޭޖްމަންޓް އެންޑް ކޭޓަރިން ޓެކްނޮލޮޖީ، ޑިޕްލޮމާ އިން ހޮސްޕިޓާލިޓީ އަދި މާސްޓާ އޮފް ޕިޒިއޮތެރަޕީ ވެސް ހިމެނެ އެވެ.
މައުމޫނު ފައުންޑޭޝަނުން 2015 ވަނަ އަހަރު ވަނީ 28 ސްކޯލާޝިޕްގެ ފުރުސަތު ހުޅުވާލާފަ އެވެ.
މައުމޫނު ފައުންޑޭޝަނުން ސްކޯލާޝިޕްތަކަށް ފުރުސަތު ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ