ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އަދާލަތު ޕާޓީގެ ރައީސް ޝައިޙް އިމްރާން އަބްދުﷲގެ އިތުރަށް ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ނުކުރެވޭނެކަމަށާ އެކަމުގެ ޒިންމާ ރައީސް ޔާމީން އުފުއްލަވަންޖެހޭނެކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރު މިހެން ވިދާޅުވީ ނަޝީދާއި، އިމްރާން އަދި ނާޒިމްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ނުއުފުލޭނެކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކަށް ބައެއް ފަރާތްތަކުން ފާޑުކިޔުމާއި ގުޅިގެންނެވެ.
ޓްވިޓާ މެދުވެރިކޮށް އާންމުކޮށްފައިވާ ލިޔުމެއްގައި އުމަރު ވިދާޅުވީ ރައީސް މުހައްމަދު ނަޝީދާއި، އަދާލަތު ޕާޓީގެ ރައީސް ޝައިޙް އިމްރާން އަބްދުﷲގެ އިތުރަށް ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ނުކުރެވޭނެކަމަށާ އެކަން އެގޮތަށް ނުކުރެވޭނެކަމަށް އޭރުގެ ޕީޖީ މުހުތާޒު މުހުސިނަށް ދަންނަވާފައިވާކަމަށެވެ.
އެގޮތުން ފޯނުން ގުޅައިގެން އަދި ލިޔުމުންވެސް އެކަން މުހުތާޒަށް އަންގާފައިވާނެކަމަށް އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ރައީސް ނަޝީދުގެ މައްޗަށް ދައުވާ ނުކުރެވޭނެކަމަށް އެއްވެސް އިރަކު ވިދާޅުވެފައިނުވާނެކަމަށާ ވިދާޅުވެފައިވާނީ އެމަނިކްފާނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ނުކުރެވޭނެ ވާހަކަކަމަށެވެ. އަދި މަގާމުގައި ހުރެ އެވާހަކަތައް ނުދައްކާ މިއަދު އެވާހަކަދެއްކެވުމުން އާންމު ކިޔަމުންދާ ފާޑުކިޔުންތަކަށްވެސް އުމަރު ވަނީ ރައްދު ދެއްވާފައެވެ.
އުމަރު ވިދާޅުވީ ކުރިން އެވާހަކަ ފާޅުގައި ނުދެއްކީ ކޮންމެ ވަޒީރަކީވެސް ދައުލަތަށް ވަފާތެރިވުމަށް ހުވާކޮށްގެން ހުންނަވާ ބޭފުޅަކަށްވާތީކަމަށާ ދައުލަތުގެ ތެރޭގައި އެފަދަ ގޯސްކަމެއް ހިނގާނަމަ އެ ވާހަކަތައް ދައްކަންޖެހޭނީ އެތެރޭގައިކަމަށެވެ. އަދި އެއާއި ހިލާފަށް މަގާމުގައި ހުރެ މީޑިއާތަކުގައި އެ ވާހަކަތައް ނުދެއްކޭނެކަމަށް އުމަރު ވިދާޅުވިއެވެ.
އުމަރު އެމަނިކްފާނު ހުންނެވީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމުގައި ނޫންކަމަށާ އެ މަނިކްފާނު ހުންނެވީ ހޯމް މިނިސްޓަރުކަމުގައިކަމަށެވެ.
ނަމަވެސް މެންޑޭޓުން ބޭރުންވެސް ޓެރަރިޒަމްގެ ދައުވާ އެބޭފުޅުންގެ މައްޗަށް ނުކުރެވޭނެކަމަށް ދަންނަވާފައިވާނެކަމަށާ އެކަން ލިޔުމުން މިއަދުވެސް ފެންނަން ހުންނާނެކަމަށެވެ.
ޕީޕީއެމްގެ ފަސްވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ފުލުހުން ހުރަސްއެޅުމުން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އުމަރު ވަނީ ރައީސް މުހައްމަދު ނަޝީދާއި، އަދާލަތު ޕާޓީގެ ރައީސް ޝައިޙް އިމްރާން އަބްދުﷲގެ އިތުރަށް ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ނުކުރެވޭނެކަމަށް ވިދާޅުވެފައެވެ.
އެކަމާއި ގުޅިގެން ބައެއް ފަރާތްތަކުން އެ ވާހަކަތައް މަގާމުގައި ހުންނަވައިގެން ނުދެއްކެވީ ކީއްވެގެންތޯ ސުވާލްކުރައްވާ އުމަރަށް ވަނީ ފާޑު ވިދާޅުވެފައެވެ.
ނަޝީދާއި ނާޒިމް އަދި އިމްރާންގެ މައްސަލައިގެ ޒިންމާ ރައީސް އުފުއްލަވަންޖެހޭނެ: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ