ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ގާނޫނީ ވަކީލުންގެ ފަރާތުން އިންތިހާބު ކުރި މެންބަރު ލަތީފާ ގާސިމް ޖޭއެސްސީގެ މެންބަރު ކަމުގެ ހުވާ މިއަދު ކުރައްވައިފިއެވެ.
އަލްއުސްތާޛާ ލަޠީފާ ޤާސިމް، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރު ކަމަށް ހަމަޖެއްސެވިކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ޙަވާލު ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މިރަސްމިއްޔާތުގައި ލިޔުން ޙަވާލު ކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފުގެ ކުރިފުޅުމަތީގައި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، އަލްއުސްތާޛާ ލަޠީފާ ޤާސިމް ކުރެއްވިއެވެ.
ލަތީފާ ޖޭއެސްސީގެ މެންބަރު ކަމަށް ހޮވިވަޑައިގެންނެވީ ކުރީ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަ ޖެނަރަލް ހުސައިން ޝަމީމްއާ ވާދަކުރައްވައިގެންނެވެ. ލަތީފާއަށް 238 ވޯޓު ލިބިވަޑައިގެންނެވިއިރު ޝަމީމްއަށް ލިބިވަޑައިގެންނެވީ 163 ވޯޓެވެ.
ލަތީފާ ގާސިމް ޖޭއެސްސީގެ މެންބަރުކަމުގެ ހުވާކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ