ކެންދޫ ދާއިރާގެ މުޅި އިންތިހާބު އެއްކޮށް ބާތިލް ކުރާ ވަރުގެ ހެއްކެއް ހުށަނާޅާ: ޝަރީފް

ކެންދޫ ދާއިރާގެ އިންތިހާބު އެއްކޮށް ބާތިލް ކުރާވަރުގެ ހެއްކެއް މޯލްޑިވިއަން ޑިމޮކްޕާޓީން ހުށަނާޅާކަމަށް އިކެކްޝަންސް ކޮމިޝަން، އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
އީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފް ވިދާޅުވީ، ކެންދޫ ދާއިރާގެ މުޅި އިންތިހާބު ބާތިލު ނުކުރިނަމަވެސް، ހުށަހަޅާފައިވާ ޝަކުވާތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް އީސީގެ ކޮމްޕްލެއިންސް ބިއުރޯގެ ދެ މެމްބަރަކު ކެންދޫ ދާއިރާއަށް ފޮނުވުމަށް ނިންމާފައިވާކަމަށެވެ. އަދި އެ ދެ އޮފިޝަލުން ފޮނުވާނީ ވެސް ދާއިމީ ނަތީޖާ އިއުލާނުކުރުމަށްފަހު ކަމަށް ޝަރީފް ވިދާޅުވިއެވެ.
މިމަހުގެ 6 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބ. ކެންދޫ ދާއިރާގައި ބެހެއްޓި ވޯޓް ފޮއްޓެއް ބާތިލްކޮށް، އަލުން އެފޮއްޓަށް ވޯޓުލުމަށް އެމްޑީޕީން އިލެކްޝަންސް ކޮމިޝަނުގައި ވަނީ އެދިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ބެހޭ ޝަކުވާގެ ގޮތުގައި އެމްޑީޕީން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ޝަކުވާއަކީ ކެންދޫ ވޯޓުލާ މަރުކަރުގައި ބެހެއްޓި ވޯޓު ފޮށި ނަމްބަރު F03.03.1، ވޯޓު ފޮއްޓާ ގުޅޭ ޝަކުވާތަކެކެވެ.
އެމްޑީޕީން ހުށަހެޅި ޝަކުވާތަކުގައި ތެރޭގައި ހިމެނެނީ، ވޯޓް ފޮއްޓަށް ގަޑިއަކު އެއްފަހަރު ވޯޓު ލަމުންދާ މީހުންގެ ތަފްސީލް ހާމަކުރަން އޮންނަ އުސޫލުގެ ދަށުން މެންދުރު 02:00 ގައި ވޯޓް ފޮއްޓަށް ވޯޓްލި ކަމަށް އިއުލާން ކުރީ 377 މީހުން ކަމަށާއިއޭރު ކިޔު ނަމްބަރު 377 ވޯޓުލާފައި ނުވާކަމަށާއި ވޯޓުލާފައިވާ މީހުންގެ ކިޔޫ ނަމްބަރަށްވުރެ އިތުރަށް އެ ވޯޓް ފޮއްޓަށް ވޯޓުލާފައިވާކަން އެވަގުތު އެ ވޯޓު ފޮއްޓާ ހަވާލުވެހުރި ވެރިޔާގެ ސަމާލުކަމަށް ގެނައި ނަމަވެސް ވޯޓުލުން ކުރިއަށް ގެންދިއުން ހިމެނޭ ކަމަށެވެ.
އެ ޝަކުވާގައި ބުނެފައިވާ ގޮތުން ވޯޓު ފޮށި ކައިރީ އޮންނަ ޝީޓާއި ވޯޓާސް ލިސްޓާއި އިނގިލީގައި ފާހަގަޖަހާފައި މާކުކުރާ ލިސްޓާއި ކިޔު ނަމްބަރު ދޫކުރި ލިސްޓާއި އެއްޝީޓް އަނެއް ޝީޓް ދިމާ ނުވާކަމަށެވެ.
މީގެއިތުރުން ވޯޓްލާފައިވާ ކަމަށް ބުނެ މާކުކޮށްފައިވާ ލިސްޓްގަިއ ވޯޓްލާން ގޮސްފައިނުވާ މީހުންގެ ނަމާ ދިމާލުގައި މާކު ކޮށްފައި ހުރުމާއި 18:00 ގައި، ވޯޓުލުން ބަންދުކުރިފަހު، ވޯޓްލާ މަރުކަޒުގެ އޮފިޝަލެއް 18:03ގައި ވޯޓުލާފައި ވުމާއި، ވޯޓު ކަރުދާސްކޮޅުތަކުގެ ކައުންޓާ ފޮއިލްކޮޅުތަކާއި ބާކީ ހުރި ވޯޓު ކަރުދާސްތައް ދައްކާފައިނުވާ ކަމަށްވެސް އެމްޑީޕީން ހުށަހަޅާފައިވާ ޝަކުވާގައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ