އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ 43 ސްކޫލެއްގެ 142 ޓީމުން 1274 އެތުލީޓުން ބައިވެރިވެއްޖެ

22 ވަނަ އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ 43 ސްކޫލެއްގެ 142 ޓީމުން 1274 އެތުލީޓުން ބައިވެރިވެއްޖެ އެވެ.
އެތުލެޓިކްސް އެސޯސިއޭޝަނުން ބުނީ، އަންނަ މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން އަށް ވަނަ ދުވަހުގެ ނިޔަލަށް މާލޭގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ކުރިޔަށްގެންދާ 8 ޢުމުރުފުރާގައި ޓީމްތަކުން ބައިވެރިވެފައިވާ ގޮތަށް ބަލާއިރު 13 އަހަރުން ދަށުގެ އަންހެން އުމުރުފުރާގައި 27 ޓީމް ވާދަކުރާއިރު 13 އަހަރުންދަށުގެ ފިރިހެން ޢުމުރުފުރާގައި 27 ޓީމް ވާދަކުރާ ކަމަށެވެ. އަދި 15 އަހަރުންދަށުގެ އަންހެން ޢުމުރުފުރާގައި 22 ޓީމް ވާދަކުރާއިރު 15 އަހަރުން ދަށުގެ ފިރިހެން ޢުމުރުފުރާގައި 22 ޓީމް ވަދަކުރެއެވެ. 17 އަހަރުން ދަށުގެ އަންހެން ޢުމުރުފުރާގައި 8 ޓީމް ވާަކުރާއިރު 17 އަހަރުން ދަށުގެ ފިރިހެން ޢުމުރުފުރާގައި 17 ޓީމް ވާދަކުރެެވެ. މީގެ އިތުރުން 19 އަހަރުން ދަށުގެ އަންހެން ޢުމުރުފުރާގައި 5 ޓީމް ވާދަކުރާއިރު 19 އަހަރުންދަށުގެ ފިރިހެން ޢުމުރުފުރުރާގައި 10 ޓީމް ވާދަކުރާ ކަމަށް ވެސް އެތުލެޓިކްސް އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.
މުބާރާތުގައި ވާދަކުރާ ސްކޫލްތަކަކީ ޢާޒީ ސްކޫލް، ޖަމާލުއްދީން ސްކޫލް، އަމީނިއްޔާ ސްކޫލް، ރެހެންދި ސްކޫލް، ދ. އަތޮޅު މަދަރުސާ، އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް، ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލް، ބިލަބޮންގހައި އިންޓަރނޭޝަނަލް ސްކޫލް، އިމާދުއްދީން ސްކޫލް، ތާޖުއްދީން ސްކޫލް، ހުރަވީ ސްކޫލް މާވަށު ސްކޫލް، މަޖީއްދިއްޔާ ސްކޫލް، ކަލާފާން ސްކޫލް، މުޙައްމަދު ޖަމާލުއްދީން ސްކޫލް، ގދ. އަތޮޅު ތަޢުލީމީ މަރުކަޒު، ހިރިޔާ ސްކޫލް، ދާންދޫ ސްކޫލް، މަރަދޫ ސްކޫލް، ހދ. އަތޮޅު ތަޢުލީމީ މަރުކަޒު، އަފީފުއްދީން ސްކޫލް، އިސްކަންދަރު ސްކޫލް، ލާމު އަތޮޅު މަދަރުސާ، ފުވައްމުލަކު ސްކޫލް، ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް، ޏ. އަތޮޅު ތަޢުލީމީ މަރުކަޒު، ތިނަދޫ ސްކޫލް، އަބޫބަކުރު ސްކޫލް، މަރަދޫ ފޭދޫ ސްކޫލް، މަކުނުދޫ ސްކޫލް، ޝަރަފުއްދީން ސްކޫލް، އަލް މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ، މިލަންދޫ ސްކޫލް، ސެންޓަރ ފޮރ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަން، ފޭދޫ ސްކޫލް، ޖަލާލުއދީން ސްކޫލް އައްޑޫ ހައި ސްކޫލް، ދަރުމަވަންތަ ސްކޫލް، އިރުޝާދިއްޔާ ސްކޫލް، ހިތަދޫ ސްކޫލް، ގެމަނަފުށި ސްކޫލް، ކެންގަރޫ ކިޑްސް ހުސައިނިއްޔާ ޕްރީ ޕްރައިމަރީ އިންޓަރނޭޝަނަލް ސްކޫލް، އަދި ގދ. އަތޮޅު މަދަރުސާއެވެ.
އެތުލެޓިކްސް އެސޯސިއޭޝަނުން ބުނީ، މުބާރާތުގެ އިވެންޓްތައް ކުރިޔަށް ދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 7.00ން 11.00އަށް އަދި ހަވީރު 4.00ން 8.00އަށް ކަމަށެވެ.
މިދިޔަ އަހަރު ބޭއްވި 21 ވަނަ އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ބައިވެރިވެފައިވަނީ 31 ސްކޫލެއްގެ 82 ޓީމުން 685 އެތުލީޓުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ