ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި މިހާރު ކުރިއަށްދާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގައި މިރޭ ކުޅުނު މެޗުގައި ބަންގްލަދޭޝްގެ 23 އަހަރުން ދަށުގެ ޓީމުން އަފްގާނިސްތާނާ 0-0 އިން އެއްވަރުކޮށް ޕޮއިންޓެއް ހޯދައިފި އެވެ.
މި ނަތީޖާއާ އެކު، އަފްގާނިސްތާނާއި ބަންގްލަދޭޝް އަށް ވެސް ފައިނަލަށް ދިއުމުގެ އަމިއްލަ ބާރު އެބައޮތެވެ. ހަތަރު ގައުމު ވާދަކުރާ މި މުބާރާތުގެ ލީގު ބުރުގައި ކޮންމެ ޓީމަކަށް ވެސް ބާކީ މެޗެއް އޮތްއިރު، ފައިނަލުގެ ދޮރު ބަންދުވެފައި އޮތީ ދެ މެޗުން ވެސް ބަލިވި ރާއްޖެ އަށެވެ.
ލީގު ބުރުގެ ތާވަލުގެ އެއް ވަނައިގައި ޕާކިސްތާން އޮތީ ދެ މެޗުން ހަތަރު ޕޮއިންޓް ހޯދައި، ފައިދާ ތިން ލަނޑާ އެކު އެވެ. ދެ ވަނައިގައި އޮތް އަފްގާނިސްތާން އަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބުނުއިރު، ފައިދާ އޮތީ އެންމެ ގޯލެކެވެ. އަދި، ތިން ވަނައިގައި އޮތް ބަންގްލަދޭޝް އަށް ވަނީ ދެ މެޗުން ދެ ޕޮއިންޓް ލިބިފަ އެވެ. ފުލުގައި އޮތް ރާއްޖެ އަށް ދެ މެޗުން ޕޮއިންޓެއް ނުލިބެ އެވެ.
ޑައިމަންޑް ޖުބިލީ މުބާރާތުގައި ޕާކިސްތާން އަތުން 3-0 އިން ބަލިވެ، ބާކީ މެޗެއް އޮއްވައި ރާއްޖެ ވަނީ މުބާރާތުން ކަޓައިފައި. މިއީ ވޭތުވެދިޔަ 35 އަހަރު ތެރޭގައި ޕާކިސްތާނުން ރާއްޖެ ބަލިކުރި ފުރަތަމަ ފަހަރު ކަމަށްވާއިރު، ރާއްޖެ ކެޓީ ކުޅުނު ދެ މެޗުން ވެސް ޕޮއިންޓެއް ނުލިބުމުން
ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގައި އަފްގާނިސްތާން އާއި ބަންގްލަދޭޝް އިން ވެސް ކުޅުނީ ބަދަލުތަކެއް ގެނެސްގެންނެވެ.
އަފްގާނިސްތާނުން ވަނީ މެޗު ފަށައިގެން ރަނގަޅު ހަމަލާއެއް ފޮނުވާލައިފަ އެވެ. އެ ގޮތުން، އެ ޓީމުގެ ކެޕްޓަން، އޮމިދު ޕޮޕޯލްޒޭ، ހާފުގެ މެދެއްހާ ހިސާބުން ފޮނުވާލި ބޯޅަ ބޭރަށް ދިޔައީ، ބަންގްލަދޭޝްގެ ކީޕަރު، މެހެދީ ހަސަން ސްރަބޯރީ އަތްމަތިން ގޮސް ދަނޑީގައި ޖެހިލައިފަ އެވެ.
ބަންގްލަދޭޝް އިން މަޑުމަޑުން މެޗުގެ ތެރެއަށް އައިސް ފުރުސަތުތައް ތަނަވަސްކުރަން ފެށި އެވެ. އެ ގޮތުން، އެ ޓީމުގެ ރާބީ ހުސެން ރާހުލް، އޭރިއާތެރެއަށް ބޯޅަ ހިފައިގެންވަދެ، ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. އޭގެ ފަހުން، އޭރިއާތެރެއަށް ހުރަސްކޮށްލި ބޯޅައަކަށް އަރައި، ބަންގްލަދޭޝް ޓީމުގެ ޕިއާސް އަހުމަދު ނޯވާ ބޮލުން ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން އަފްގާނިސްތާންގެ ޕޮޕޯލްޒޭ އަށް ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ ދިޔައީ ގޯލާ ސީދާނުވެ އެވެ.
ދެ ވަނަ ހާފުގައި ވެސް ދެ ޓީމުން ގޯލެއް ޖެހޭތޯ މަސައްކަތްކުރިއިރު، އެންމެ ރަނގަޅު ހަމަލާއެއް ފޮނުވާލީ ރާބީ އެވެ. އެ ގޮތުން، އަފްގާނިސްތާން އޭރިއާތެރެއިން ލިބުނު ފުރުސަަތެއްގައި ރާބީ ޖެހި ޝޮޓް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. މީގެ އިތުރުން، ކޯނަރެއްގައި ރަނގަޅު ރޭވުމަކަށް ފަހު، އަފްގާނިސްތާން އޭރިއާތެރެއިން ބަންގްލަދޭޝްގެ ނަޒްމުލް ހުދާ ފައިސަލް ޖެހި ޝޮޓް ވަނީ ބްލޮކްވެފަ އެވެ.
އަގްފާނިސްތާނުން ވެސް ބަދަލުތަކެއް ގެނެސްގެން ލަނޑު ޖެހޭތޯ ބެެލި ނަމަވެސް އޭގެއިން އެއްވެސް ފުރުސަތެއް ގޯލަކަށް ހަަދައިނުލެވި މެޗު އެއްވަރުވެގެން ނިމުނީ އެވެ.
ޑައިމަންޑް ޖުބިލީ މެޗުތައް ދެން އޮންނާނީ އާދިއްތަ ދުވަހު އެވެ. އެ ދުވަހު، ހަވީރު ޕާކިސްތާނުން ވާދަކުރާނީ އަފްގާނިސްތާންއާ އެވެ. އަދި، އެރޭ ކުޅޭ މެޗުގައި ރާއްޖޭން ބަންގްލަދޭޝްގެ ޒުވާން ޓީމާ ދެކޮޅަށް ނުކުންނާނެ އެވެ.
އަފްގާނިސްތާން އަތުން ވެސް ބަންގްލަދޭޝް އަށް ޕޮއިންޓެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ