ދަނބިދޫއަށް ވަގުތީ ގޮތުން ކަރަންޓް ދެވިއްޖެ: ކައުންސިލް

ދަނބިދޫ އިންޖީނުގޭގައި ރޯވެ، މުޅީ ރަށުން ކަރަންޓު ކެނޑުނު މައްސަލައަށް މިހާރު ވަގުތީ ހައްލެއް ލިބިފައިވާ ކަމަށް ދަނބިދޫ ކައުންސިލްގެ ރައީސް ހުސައިން އަޝްރަފް ވިދާޅުވެއްޖެއެވެ.
ވީނިއުސް އަށް މައުލޫމާތުދެއްވަމުން ކައުންސިލްގެ ރައީސް ހުސައިން އަޝްރަފް ވިދާޅުވީ އިންޖީނުގޭގައި ހުރި ޖަނަރޭޓަރެއްގައި ރޯވެގެން ހުކުރު ދުވަހުގެ ރޭ ހިނގައި ދިޔަ ހާދިސާގައި މުޅި ރަށުން ކަރަންޓު ކެނޑުނު ކަމަށެވެ. ނަމަވެސް ފަތިހު 5:45 އެހާކަށް ހާއިރު ރަށުގެ ސަރަހައްދުތަކަށް ކަރަންޓު ފޯރުކޮށްދެވިފައިވާ ކަމަށް އަޝްރަފު ވިދާޅުވިއެވެ.
ދަނބިދޫ ކައުންސިލްގެ ރައީސް ހުސައިން އަޝްރަފް ވިދާޅުވީ، އަލިފާނުގެ އެ ހާދިސާގައި އަލިފާން ރޯވި ޖަނަރޭޓަރު ބޭނުން ނުކުރެވޭ ވަަރަށް އަނދާފައިވުމުންނާއި، އަދި އޭގެ ކައިރީގައި ހުރި ދެ ޖެނެރޭޓަރަށްވެސް ގެއްލުންތައް ލިބިފައިވާތީ މިހާރުވެސް އެކި ސަރަހައްދުތަކުން ކަރަންޓު ކެންޑެމުންދާ ކަަމަށެވެ.
ކައުންސިލްގެ ރައީސް އަޝްރަފް ވިދާޅުވީ މި ހާދިސާގައި ޖަނަރޭޓަރަށް ބޭނުން ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުން ލިބިފައިވާތީ އިތުރު ޖަނަރޭޓަރެއް ގެނައުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށެވެ. އަދި ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރަން މަސައްކަތް ކުރައްވާނެކަމަށްވެސް އަޝްރަފް ވިދާޅުވިއެވެ.
ވީނިއުސް އަށް މައުލޫމާތުދެއްވަމުން ދަނބިދޫ ކައުންސިލްގެ ނާއިބު ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، ރޭ އިޝާ ނަމާދު ވަގުތު ޖަނަރޭޓަރުގައި ރޯވެ، އަލިފާނުގެ ހާދިސާ ހިނގީ އޯވަހޯލް ކުރުމަށް ފަހު ބޭނުން ކުރަންފެށި ތަނުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ