އެޗް.އާރު.އެޗް ގައި މަސައްކަތް ކުރައްވަމުން ގެންދެވި ޑރ. އަހުމަދު މެޑިސިޓީ އަށް.

ލިޔުނީ: އަބްދުﷲ ވަހީދު/
ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗް.އާރު.އެޗް) ގައި މަސައްކަތް ކުރައްވަމުން ގެންދެވި އަންހެނުންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު، ޑރ. އަހުމަދު މުހައްމަދު އަލީ މުހައްމަދު ، ފޭދޫ ގައި ހުންނަ އައްޑޫ މެޑިސިޓީއަށް ބަދަލުވެއްޖެއެވެ.
ޑރ. އަހުމަދު ވިދާޅުވީ މެޑިސިޓީ އަށް ބަދަލުވާން ނިންމެވީ، މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު މެޑިސިޓީގައި ލިބިގެން ދާނެތީއެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި ވިހެއުމާއި ސިޒޭރިއަން ހެދުމުގެ އިތުރުން ދަރިމައި ވުމުގައި ތަފާތު މައްސަލަތައް ދިމާވާ ފަރާތްތަކަށް ކުރާ ފަރުވާތަކަށް ބޮޑެތި ކުރިއެރުން ތަކެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.
ތިން އަހަރަށް ވުރެ ގިނަ ދުވަހު ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި މަސައްކަތް ކުރެއްވުމަށް ފަހު އެ ހޮސްޕިޓަލަުން ވަކިވެ ވަޑައައިގެންނެވި އިރު ޑރ. އަހުމަދު ވަނީ ވަރަށް ގިނަ ބައެއްގެ ލޯތްބާއި އިތުބާރު ހޯއްދަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ