ރައީސް މިއަދު ހަވީރު އައްޑޫ ސިޓީއަށް ވަޑައިގަންނަވަނީ

އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕޭނު ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާދަމާ އައްޑޫއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ރައީސްގެ މި ކެމްޕެއިން ދަތުރުފުޅުގައި ރަސްމީ ދެ ހަފްލާއެއްގައި ބައިވެރިވެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން އައްޑޫ އަތޮޅު ފޭދޫ ސްކޫލަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ރަސްމިއްޔާތުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި 34 ވަނަ ޕޮލިސް އިނީޝިއަލް ޓްރޭނިން ކޯހުގެ ޕާސަނަލް ޕެރޭޑްގައި ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ މި ދަތުރުފުޅުގެ ހަރަދު ކުރައްވާނީ ކެމްޕޭން ޓީމުން ކަމަށާ ކެމްޕޭނަށް ރައީސް ކުރައްވާ ދަތުރުފުޅުގައި ދައުލަތުގެ އެއްވެސް ވަސީލަތެއް ރައީސް ބޭނުން ނުކުރައްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ