އެމްޑީޕީން މިދިޔަ ހުކުރު ދުވަހު ބޭއްވި އެ ޕާޓީގެ ޗެއާޕާސަން އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނުކޮށްފި އެވެ.
މި އިންތިހާބުގައި ޖުމްލަ 31،129 މީހުން ވޯޓުލައިފައިވެ އެވެ.
ވަގުތީ ނަތީޖާ ދައްކާ ގޮތުން އިންތިހާބު ކާމިޔާބު ކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް 21،301 ވޯޓު ލިބުނެވެ.
މި އިންތިހާބުގައި ދެން ވާދަ ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމަށް ލިބުނީ 9،462 ވޯޓެވެ.
މީގެ އިތުރުން ޗެއާޕާސަން އިންތިހާބުގައި ވާދަކުރަން ނަން ހުށަހަޅައި، ފަހު ވަގުތު އިންތިހާބުގައި ވާދަނުކުރަން ނިންމައި މީކާއީލަށް ތާއީދުކުރި އިބްރާހީމް މުހައްމަދު (ވާޑު) 132 ވޯޓު ލިބުނެވެ. އަދި 234 ވޯޓެއް ވަނީ ބާތިލު ވޯޓުގެ ގޮތުގައި ކަނޑައަޅާފަ އެވެ.
މި އިންތިހާބުގައި ޖުމްލަ 241 ވޯޓު ފޮށި ބެހެއްޓި އެވެ.
އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާނުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ